Support Us

"މައްޔިތުން އުފުލާ އަށިތަކުގައި ތިޔަބައިމީހުން އުފުލޭނެކަން ނުދެނެހުރީމު ހެއްޔެވެ؟"

ޙަބީބުލް ޢާބިދު ވިދާޅުވިއެވެ. އަހުރެން ބަޞަރާއަށް ވަތް ހިނދު އެތަނުގެ ބާޒާރުތައް ވަނީ ބަންދުކޮށްފައެވެ. މަގުތައްވަނީ ހުސްވެފައެވެ. ދެން އަހުރެން ބުނެފީމެވެ. އޭ ބަޞަރާގެ އަހުލުވެރިންނޭވެ! އަހުރެންނަށް އެނގިގެންނުވާ ޢީދެއް ތިޔަބައިމީހުންގެ ގާތުގައި އޮންނަނީ ހެއްޔެވެ؟ އެމީހުން ބުނެތެވެ. ނޫނެކެވެ. އެކަމަކު އަލްޙަސަނުލް ބަޞަރީ ބޮޑު މިސްކިތުގައި މީސްތަކުންނަށް ވައުޟު ނަސޭޙަތް ދެއްވަނީއެވެ.

ދެން އަހުރެން އަވަސްއަވަހަށް އެމަޖުލީހަށް ދިޔައީމެވެ. އެހިނދު އަހުރެންނަށް ފެނުނީ ބިމުން އުފުލިފައިވާ ތަންކޮޅެއްގެ މަތީގައި އެކަލޭގެފާނު އިންނަވައި މިހެން ވިދާޅުވަނިކޮށެވެ.

“އޭ މީސްތަކުންނޭވެ! ދަތުރަށް ތައްޔާރުވާށެވެ! ފަހެ މަދު ދުވަސްކޮޅެއް ނޫނީ ދުނިޔޭގައި ދެން ބާކީ ނެތެވެ. އަދި މި ތަންދޫކޮށް އަނެއް ތަނަށް ބަދަލުވުމުގެ ތައްޔާރީތައް ފަށާށެވެ. ފަހެ މިތަނުގައި ދެމިތިބުމުގެ އެއްވެސް މަގެއްނެތެވެ. މައްޔިތުން އުފުލާ އަށިތަކުގައި ތިޔަބައިމީހުން އުފުލޭނެކަން ތިޔަބައިމީހުން ނުދެނެހުރީމު ހެއްޔެވެ؟ އަދި ބަލާތަކުގެ ގޮވެތީގައި ދާދި އަވަހަށް ތިޔަބައިމީހުން ބަލާތަކަށް ހުށަހެޅޭނެކަން ނޭނގެނީ ހެއްޔެވެ؟ އަދި ތިޔަބައިމީހުން ކުޅަ ޢަމަލުތަކައިގެން އެކަނިވާނެކަން ނޭނގެނީ ހެއްޔެވެ؟ އަދި ޤިޔާމަަތްދުވަހު ހިސާބު ބައްލަވާ ހުކުމްކުރައްވާ އިލާހުގެ ހަޟުރަތަށް ހުށަހެޅޭނެކަން ނުދެނެހުރީމު ހެއްޔެވެ؟

"އެކަލާނގެ ތިޔަބައިމީހުންނަށް ހެޔޮ ކަމަކަށް އަމުރުކުރެއްވުމުން ތިޔަބައިމީހުން ކިޔަމަންވީކީ ނޫނެވެ. އަދި އުރެދުން ނަޙީކުރެއްވުމުން ހުއްޓާލީކީވެސް ނޫނެވެ. އަދި ބިރުވެރިކަމުގެ ބަސްފުޅުތައް އިއްވުމުން ތިޔަބައިމީހުން ބިރުވެތިވީކީވެސް ނޫނެވެ. އަދި ސުވަރުގެޔަށް ޝަޢުޤުވެރި ކުރެއްވުމުން، ތިޔަބައިމީހުން ސުވަރުގެޔާ މެދު ދަހިވެތިވެ ޝަޢުޤުވެރިވީކީވެސް ނޫނެވެ.

"އޭ އަޖަލު ގާތްވެގެން އަންނަކަމުގެ ޢިއުލާން އިއްވިގެންވާ ނުރަބޮލުގެ ވެރިޔާއެވެ! ތިބާ ތިޔަ އިންތިޒާރުކޮށް މަޑުކޮށްގެން ހުރީ ކޮންކަމަކަށް ހެއްޔެވެ؟ އޭ އަމަލުކުރުމަށް ބާރު ލިބިގެންވާ ނުރަބޮލުގެ ވެރިޔާއެވެ! ތިބާގެ އުޒުރަކީ ކޮބައިހެއްޔެވެ؟

"އޭ އާޚިރަތުގެ މައްޗަށް ދުނިޔޭގެ ނަޞީބު ހޯދުމަށް ގެއްލެނިވެގެންވާ ހަވާނަފްސަށް ކިޔަމަންވެ، ފާފަތަކުގެ މަތީ ޤާއިމުވެގެން މިހިރަ މީހާއެވެ! އެކަލާނގެ ކުރިފުޅުމަތީގައި ތިޔަބައިމީހުން ހުއްޓުވޭ ހިނދު އަދި އެކަލާނގެ ހަޟުރަތަށް ތިޔަބައިމީހުން ރުޖޫޢަވާ ހިނދު ތިޔަބައިމީހުން ދައްކާނެ އުޒުރެއް އަދި ހުއްޖަތަކީ ކޮބައިކަން އަހުރެންނަށް އިޙްސާސްވާނެ ނަމައެވެ."

[އަލްމަވާޢިޡު ވަލްމަޖާލިސް 1/181]

-ދާރު ފިތުޔަތިކް ކަޙްފި

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *