
ޢާލިމެއް ޢިލްމު ފެތުރުއްވި ދީބަށްޓަކައި
ޚާލިޤަށް ބޯލަނބާ ގޮތް މި ދީނަށްޓަކައި
ހަމަތަކާ ލަމަ ބަހުގެ ސާފުވާނޭ ގޮތާ
ޢަމަލުތައް ހެޔޮކުރަން ރިވެތި ޚުލްޤަށްޓަކައި
ބަހުގެއަދަބީ ރޮނގުން ކުރިއަރޭނޭ ފޮތާ
ފަހުމުވާފަދަ ދަރުސް ދެއްވި މިބަހަށްޓަކައި
ހުކުރު ޚުޠުބާ ތަކާ ޢީދު ޙުޠުބާ ތަކުން
ޙުކުމުގައި ހުރި ބަޔާން ދެއްވި އެނގުމަށްޓަކައި
ވާޖިބާ ފަރްޟު ރުކުނާ ކިފާޔަތު ވަކިން
ސާޖިދުންނަށް ލިޔުއްވެވި ނަމާދަށްޓަކައި
ރޯދަޔާ ޙައްޖު ޢުމްރާ ޒަކާތަށްޓަކައި
ހޯދަނީނަމަ ފޮތެއް ދެއްވި ލުޔަކަށްޓަކައި
ޝާޢިރިއްޔަތުގެ ރޮނގުގައި އެފަދައެއްނުވާ
ޝާޢިރެއްމޮޅު ހަނދާންވާނެ އަބަދަށްޓަކައި
