Support Us

ދުނިޔެވީ ފިލާވަޅުން

ކޮޔާއޭ ހިތް އެދޭ ގޮތަކަށް ފޮޔާ މޫސުން ނުފޮރޮޅޭނޭ
އޮޔާވައި ފަހިވެ އޮޑިދުއްވޭ ދުވަސްވަރު ދާދި މަދުވާނޭ

ކުރޮޅިތެލި ނާއްޓަކާ އެއްފަދަ ނުލާހިކު ސާފު ރީތި ދުވަސް
ފުރޮޅިގެންގޮސް އަނދުން ފަތެކޭ ބުނާ ކުލަވަރު އަރައިފާނޭ

ފުރާ ދަތުރެއް ނިޔާމައިގައި ދެބައިދެމެދަށް ނުކުމެ ހުއްޓައި
ތުރާތައް ފޮށި ވިލާކޮޅަކުން ހުރަސް ދަތުރަށް އަޅައިފާނޭ

ހުޅަނގު މޫސުމުގެ ރާޅާވައި ޖެހޭއިރުގައި ވޮޑޭ ތުނޑިތައް
އުޅަނދު ދުއްވޭވަރަށް ފުންކޮށް ގިރާލައި ނެތިހިނގައިދާނޭ

ކެތީފެނުގައި ލިބޭ ދިރުމުން ފަޅާ ގަސް މާމަލާއި ފޮޅޭ
ނެތީޔޭ ދެމިހުރުން މިއަހެލި މުޅަށް އެޅުމުން މިލައިފާނޭ

ވިދާބަބުޅާ ތަރިން އުޑުމަތި ޖަރީވެވި ފަރިވެގެން ވަނިކޮށް
ވިދާ ގުގުރާ ވިލާއިން ކަޅު ފޮރުވި ފަރުދާ ވެގެންފާނޭ

ގޮވާން އިންދައި ހަދާ ބިންބިން ވެހޭ ވާރޭގެ ފެންހަރުލާ
ހޮވާން ހިކިހުއިލިބޭ ހަނަފަސް ބިމެއް ކަމުގައި ވެގެންފާނޭ

ހެދޭ ބިޔަ ގަސްގަހުގެ އާރާ ލަކުޑި ވަރުގަދަވެ ހަރުވީމާ
ތެދޭ މަކޮޔާ ގަހަށް ލޮޅުމެއް ނުހެލި ގޮފި ގައިމެ ނާރާނޭ

ޖެހޭވައި ބާރުވާވަރަކުން ބިމުގެވިނަ ބޯލަނބައި ލެނބުނަސް
ނެހޭނޭކަން ލަކުޑި ބިޔަގަސް ވަޔާލެނބުމަށް އެނގެންވާނޭ

ވިލާތައް ތަރިތަކާ ނަކަތާ ދެ މޫސުން ދިޔަވަރާ ރަނގަޅަށް
ފިލާ މޮޅުކެޔޮޅަކަށް ނުވަނީސް ފުރަން އޮޑިޔަކު ނުވެސްވާނޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *