ލޭގެ ޙުރުމަތް ކުޑަކަމާ
މޭގެ ރަޙުމެއް ނެތްކަމާ
އޭގެ ގެއްލުން ބޮޑުކަމާ
ފިކުރު ހެޔޮ ހިންގަވާ
ޒިކުރު ރައްބުގެ ބައްލަވާ
ޙިކުމަތުގެ ދޮރު ހުޅުއްވާ
ސިކުނޑި ތާޒާ ކުރައްވާ
ދުނިޔެއަށް ހޭނުލާ
ފުނިމުދައު ގިނަޖަހާލާ
ބުނިހެޔޮބަހަށް ނުމެބަލާ
އުނިކޮށް ޢުމުރު ނަގައިލާ
ކޮށްފިނަމަ ހެއުފިކުރު
ކޮއްތުޒާދަށް ވާއިތުރު
އޮއްޓަރާހުރި އޭގެބަރު
ފޮއްޓަކަށް ނޭޅޭނެވަރު
މިންޖުވާނޭ ގޮތުން
އިންތިހާ ބޮޑު ބިރުތަކުން
ބިންމަތީ މަޙުޝަރު ބިމުން
ދިންނަވަނި ހެއު ޢަމަލަކުން
މީނަސޭހަތެކެ ދިން
ނީނަމައެއެދެ ތިޔަކުދިން
ދީނަށްލެނބެން ތިޔަދަރިން
ފީނަންއުޑާ ކަނޑުއަޑިން
