Support Us

ކޮލަމް ކޯދު: ބަކަރި ހުއިހައްޕާ މީހާއާއި އޭނާގެ ބަކަރިތަކުގެ ވާހަކަ

އިރު އޮއްސުމުން، ބަކަރި ހުއިހައްޕާ މީހާ އޭނާގެ ބަކަރިތައް އެއްކޮށްގެން، ލަވާފައި ކޮށިތަކަށް ވެއްދިއެވެ. ބަނޑުހައިވެގެން، ބަކައްޓެއް ލިބޭތޯ ވިޔަޅުތައް (ވުލްފުތައް) އައި އިރު ބަކަރިކޮށިތައް ވަނީ ބަންދުކޮށް ދޮރުތަކުގައި ތަޅުއަޅުވާފައެވެ.

ދެން، ވިޔަޅުތައް ހިޔަޅު ކައިރިއަށް ގޮސް މަޝްވަރާއަކަށް އެދުނެވެ. ހިޔަޅު ވިޔަޅުތައް ގާތު ބުނީ ބަކަރި ހުއިހައްޕާ މީހާގެ ގޭގެ ކުރިމަތީ މުޒާހަރާ ކުރުމަށެވެ. އަދި، ބަކަރިތަކުގެ މިނިވަންކަމަށް ގޮވައި އަޑުގަދަކުރުމަށެވެ.

ހިޔަޅުގެ މަޝްވަރާގެ މަތިން ވިޔަޅުތައް ކަންތައް ކުރިއެވެ. ބަކަރި ހުއިހައްޕާ މީހާގެ ގޭކުރިމައްޗަށް އެއްވެ، ބަކަރިތަކަށް ފުރިހަމަ މިނިވަންކަމާއި އެހެނިހެން ވެސް ހައްގުތައް ދިނުމަށް ގޮވައި އަޑުގަދަކުރިއެވެ.

ދެން ބަކަރިތަކަށް ވެސް މި އަޑު އިވި، ވިޔަޅުތަކުގެ ބަހަށް ހެއްލުނެވެ. އަދި، ކޮށިތަކުގެ ފުޅައްތަކުގައި އޭގެ ދަޅުތަކުން ބަކަރިތައް ތަޅައި ފުޅައްތައް ވައްޓާލިއެވެ. އަދި، ބަކަރިތައް މިނިވަންވެ، ސަރާސަރު ހާމަ ދަނޑުތަކުގައި އަޅާ އިތިކޮށް ދުއްވައިގަތެވެ. އަދި ބަކަރިތަކުގެ ފަހަތުން ވިޔަޅުތައް ވެސް ދުވަމުން ދިޔައެވެ. ދެން، ބަކަރިތައް އަތުޖެހޭތޯ ބަކަރި ހުއިހައްޕާ މީހާ ވެސް ބަކަރިތައް ފަހަތުން ދުވަމުން ދިޔައެވެ. ނަމަވެސް، ބަކަރިތައް އަތުޖެހޭ ގޮތް ނުވުމުން، އެނބުރި ގެއަށް ދިޔައެވެ.

މާގިނަ އިރުތަކެއް ނުވަނީސް، ބަކަރިތައް އޮތީ ހާމައަށް އޮތް ދަނޑުތެރޭގަައި އެއަށް އަޅާލާނޭ އެކަކުވެސް ނެތިއެވެ. މަކަރުވެރި ވިޔަޅުތަކުގެ ތޫނު ވަކިތަކުގެ ބެލުމުގެ ދަށުގައެވެ. ދެން، މާގިނައިރެއް ނުވަނީސް، ވިޔަޅުތައް ބަކަރިތަކަށް ހަމަލާދިނެވެ. އަދި، ފަހަރަކު އެއްޗެއް ކައި ބަކަރިތައް ހުސްކޮށްލިއެވެ.

އަނެއް ދުވަހު، ބަކަރި ހުއިހައްޕާ މީހާ ބަކަރިތައް ހޯދަން ނުކުތެވެ. އަދި އޭނާއަށް ބަކަރިތައް އޮތް ހިސާބަށް ދެވުމުން ބަކަރިތަައް ފެނުނެވެ. ބަކަރިތަކަށް އޮތީ މިނިވަންކަން ލިބިފައެވެ. ނަމަވެސް، ބަކަރިތަކުގެ ފެންނަން އޮތީ ހަމައެކަނި އިރާލެވިފައިވާ އޭގެ ގުނަވަންތަކާއި ކަށިތަކެވެ.