Support Us

ކޮލަމް ކޯދު: ތަސްވީރަކާއި ސުރުޚީއެއް- ގައުމީ އޮޑިން ލަކުޑި ނަގައި އަމިއްލަ ބޮއްކުރާތައް ބަނުން

"ޖަމާއަތުގެ މަސްލަހަތުގެ މައްޗަށް އަމިއްލަ މަސްލަހަތަށް ނަސްރު ލިބި ދިޔުމުން ގައުމު ބަލިވެ، ގެއްލި ދެއެވެ."

އާދެ، ތަސްވީރު ބުނެދޭ ފަދައިން، ގައުމީ އޮޑިން ލަކުޑި ކަނޑައި، އަމިއްލަ ބޮއްކުރާތައް ބަންނަންވެއްޖެ ނަމަ، މާގިނަ ދުވަހެއް ނުވެ، ގައުމީ އޮޑީގެ ލަކުޑިތައް ހުސްވެ، ފެތި ހިނގައިދާނެއެވެ!

މިފަދައިން، އާދެ، އަމިއްލަ މަސްލަހަތަށް އިސްކަންދީގެން ކަންތައްތައް ވަމުންދަނީ، މީސްތަކުންގެ ޒަމީރު މަރުވުމުންނެވެ. އަމިއްލަ މަސްލަހަތަށް އިސްކަންދީގެން ފާޅުގައި ކަންތައްތައް ކުރަމުންދާއިރު، އެއްބަޔަކު އެމީހުންގެ ދޮގު ދޫތަކުންނާއި ކުލީ ގަލަންތަކުން އެކަން ދިފާއުކުރުމުންނެވެ. އަނެއްބަޔަކު، މޫނު އަނބުރާލައި އެކަމަށް ކަނު ލޮލެއް ދިނުމުންނެވެ. އާދެ އެއް ބަޔަކު،

މާމުއި އެއީ ހިތި އެއްޗެކޭ ބުނެވިއްޖެނަމަ ފަސްޖެހި ނުލައި

އާނ! ހަމަ އެއީ ހިތި ހަބަރެކޭ ބުނަމުން ގޮވާށޭ ހަރުއަޑުން

އަދި ހަމަ ދުވާލުގެ މެންދުރަށް މީ ރޭގަނޑޭ ބުނެވޭއިރަށް

ބުނެލާށެ، އާނ! މީ ރޭގަނޑޭ ގަދަވެސްމެއޭ ކަޅު އަނދިރިކަން

ކުޑަކުޑަ މިތާއޮތް ފެންފޮދެއް ފެނުނަސް އެއީ ބޮޑު ސައިލެކޭ

ބުނެވޭ އިރަށްވެސް އާނއެކޭ ބުނެލާށެ މާކަނޑެކޭ ވިފުން

ދެން އެންމެން ވެސް،

ރަށްތައް ބަހާލައި ވެރިވުމަށް ކަންތައް ވަނީއޭ ބުނެވުނަސް

ހަމްދާ ޝުކުރުކޮށް، ލަވަކިޔައި ނަށަމުން ދުވާށޭ އަދި ހެމުން

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
211

One Response

  1. ތަސްވީރުން އެކަނިވެސް ބުނެދޭ ހަގީގަތް ވަރަށް މާނަފުން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *