Support Us

ކޮލަމް ކޯދު: އެބްރަހަމް ލިންކަންއަށް ނިސްބަތްކުރެވޭ ބުއްދިވެރި ބަސްކޮޅެއް

އެބަރަހަމް ލިންކަން އަކީ 1861އިން ފެށިގެން 1865ގައި އޭނާ އަވަހާރަކޮށްލަންދެން އެމެރިކާގެ ރައީސްކަންކުރެއްވި އެމެރިކާގެ 16 ވަނަ ރައީސްއެވެ. އެމެރިކާގެ މަދަނީ ހަނގުރާމައިގެ ދުވަސްވަރު އޭނާގެ ގައުމައިގެ ކުރިއަށް ވަޑައިގެން، އަޅުން ގެންގުޅުން އުވާލައްވައި އެމެރިކާގެ އިގުތިސާދު ޒަމާނީ ކުރެއްވިއެވެ. ތިރީގައި އެވަނީ އޭނާއަށް ނިސްބަތް ކުރެވޭ ބުއްދިވެރި ބަސްކޮޅެކެވެ.

  1. އުއްމަތްތައް ހަލާކުވެ، ނެތިދަނީ އެހެން އުއްމަތްތައް އައިސް ހަމަލަދީ އަރައިގަނެގެންނެއް ނޫނެވެ. އުއްމަތްތައް ހަލާކުވެދަނީ އެ އުއްމަތްތަކުގެ އެތެރެ ހަލާކުވެ ފާސިދުވުމުންނެވެ.
  2. ގައުމެއްގެ ވިޔަސް އަދި ފަރުދެއްގެ ވިޔަސް، މުސްތަގުބަލު އޮންނާނީ ކިހިނެއް ކަމާމެދު ކަނޑައަޅާލާނޭ އެންމެ އިތުބާރު ހުރި ގޮތަކީ މުސްތަގުބަލު ބިނާކުރުމެވެ.
  3. އެންމެނަށް ވެސް ދަތި އުނދަގޫތަކާ ކުރިމަތިލެވިދާނެއެވެ. (އެކަމަކުން އޭނާގެ އަޚުލާގު ހުރި ނެތް ގޮތް އެނގޭ ގޮތެއް ނުވާނެއެވެ.) ނަމަވެސް، މީހެއްގެ އަޚުލާގީ ފެންވަރު އިމްތިހާނުކޮށްލަން ބޭނުން ވެއްޖެ ނަމަ، އޭނައަށް ބާރެއް ދޭށެވެ.
  4. ގާނޫނީ ގޮތުން އެންމެ ރަނގަޅު ބައެއް ކަންކަމީ އަޚުލާގީ ގޮތުން ރަނގަޅު ކަންކަމަށް ވެދާނެކަން އަބަދުވެސް ހަނދާންކުރަން ޖެހޭނެއެވެ.
  5. މިއަދު ކުރެވެން އޮތް އެއްވެސް ކަމެއް މާދަމާ ކުރަން ނުބާއްވާށެވެ.
  6. ގަހެއް ކަނޑަން އަހަންނަށް ހަ ގަޑިއިރު ދީފި ނަމަ، އޭގެ ތެރެއިން ފުރަތަމަ ހަތަރު ގަޑިއިރު އަހަރެން ހޭދަކުރާނީ މުޅޯ ތޫނު ކުރުމުގައެވެ.
  7. ހަނުހުރެ، ކަލެއަކީ މޮޔައެއް ކަމަށް ހީކުރެވި ދިޔުން، އެއްޗެއް ބުނެ، އެކަމާމެދު އޮތް ނަމަ އޮތް ޝައްކެއް ފިލައިދިޔުމަށް ވުރެ މާ ރަނގަޅެވެ.
  8. މީހެއްގެ ރުހުމާ ނުލައި އޭނާގެ މައްޗަށް ބާރު ހިންގޭ ފަދަ މޮޅުކަމެއް އެއްވެސް މީހަކަށް ލިބިގެން ނުވެއެވެ.
  9. ބައެއް މީހުން ބޮޑެތި ކާމިޔާބުތައް ހާސިލުކުރާކަން އަންގައިދެނީ ކޮންމެ މީހަކަށް ވެސް ބޮޑެތި ކާމިޔާބީތައް ހާސިލުކުރެވިދާނޭ ކަމެވެ.
  10. ކޮންމެ ވެސް ނުބައި ނުލަފާ މީހަކަށް ވުމަށް ވުރެ، އެއްވެސް މީހަކަށް ނުވުން ވެސް އަހަންނަށް މާ ރަނގަޅެވެ.
  11. ކާމިޔާބު ދޮގު ހަދާ މީހަކަށް ވުމަށް ބޭނުންވާނޭ ވަރުގަދަ ހަނދާނެއް އެކަކަށް ވެސް ލިބިގެން ނުވެއެވެ.
  12. މީހުންގެ ނުބައި ކަންކަން ހޯދަން އުޅޭ މީހަކަށް، އެކަންކަން ފެންނާނެއެވެ.
  13. ކާމިޔާބުވުމަށް އެދި ކަލޭ ނިންމާފައިވާ ނިންމުން، އެހެން ހުރިހާ ކަމަކަށް ވުރެވެސް މުހިއްމުކަން ކަލޭގެ ހިތުގައި އަބަދުވެސް ބާއްވަައި އެކަން ހަނދާންކުރަން ޖެހެއެވެ.
  14. އާޚިރުގައި މުހިއްމުވަނީ ދުނިޔޭގައި ކަލޭގެ ދިރިހުރުމަށް ލިބޭ އަހަރުތަކެއް ނޫނެވެ. ނަމަވެސް، ކަލޭގެ ދުނިޔަވީ އަހަރުތަކަށް ލިބިގެންވީ ދިރުމެވެ.
  15. އިންތިޒާރުކޮށްގެން ހުންނަ މީހާ ގާތަށް އެއްޗެއް ލައްގަފާނެއެވެ. ނަމަވެސް، އެވާނީ އެއްޗެހި ހޯދަން ގަދައަޅާ މަސައްކަތްކުރާ މީހުން ނަގައި ބާކީވެފައި އޮތް އެއްޗަކަށެވެ.
  16. މީހުން އަޅުވެތިކޮށްގެން ގެންގުޅުމަށް ބާރުއަޅައި ގޮވާ މީހުން ފެނުމުން، އެ މީހުންގެ މައްޗަށް އެކަން ހިންގާލުމުގެ އެދުން އަހަރެންގެ ހިތަށް ވެރިވެއެވެ.
  17. ބައެއް މީސްމީހުން އަބަދުއަބަދު މޮޔަ ހެއްދިދާނެއެވެ. އަދި ބައެއް ފަހަރުފަހަރު އެންމެން ވެސް މޮޔަ ހެއްދިދާނެއެވެ. ނަމަވެސް އަބަދަކު ހުރިހާ އެންމެން މޮޔައެއް ނުހެއްދޭނެއެވެ.
  18. ފިނިފެންމާ ގަސްގަހުގައި ކަށި ހުންނާތީ އެކަމާ މެދު އަހަރުމެންނަށް ޝަކުވާ ކުރެވިދާނެއެވެ. ނޫނީ ކަށި ގަސްގަހުގައި ފިނިފެންމާ އަޅާތީ އެކަމާ މެދު އަހަރުމެންނަށް އުފާފާޅު ކުރެވިދާނެއެވެ.
  19. އަހަރުމެންގެ މި ހިތާމަވެރި ދުނިޔޭގައި އެންމެން ގާތަށް ވެސް ހިތާމަތައް އާދެއެވެ. ނަމަވެސް، ޒުވާނުންގެ ގާތަށް ހިތާމަތައް އަންނަނީ އޭގެ އެންމެ ހިތި ވޭނާ އެކުގައެވެ. އެހެނީ ހިތާމަތައް އެމީހުން ގާތަށް އަންނަނީ ނޭނގި ތިއްބައެވެ. ހިތާމަތައް އަތުވެދާނެ ކަމުގެ އިންތިޒާރުގައި ތިބެން މުސްކުޅިން ވަނީ ދަސްކޮށްފައެވެ.
  20. އަހަރެންގެ ދުޝްމަނުން އަހަރެންގެ ރަހުމަތްތެރިންނަށް ހަދާލުމުން، އަހަރެންގެ ދުޝްމަނުންގެ ދުވަސް ދުއްވާނުލަމު ހެއްޔެވެ؟
  21. އަހަންނަކީ މަޑުމަޑުން ހިނގާ މީހެކެވެ. ނަމަވެސް، ފަހަތަށް ފިޔަވަޅު އަޅައި އަހަރެން ދުވަހަކުވެސް ނުހިނގަމުއެވެ.
  22. ކަލޭގެ ހިއްވަރު އެލިއްޖެ ހިނދެއްގައި ގަދައަޅާ މަސައްކަތްކޮށްގެން ހިއްވަރު ލިބިގަންނާށެވެ.