ޢާއިލީ ގުޅުމާއި ލޯތްބާ ނެތިވެ ދިއުމީ ދެރަކަމެއް
ދާއިމީ ހައްލެއް ލިބޭތޯ ވިސްނުމީ ލާޒިމު ކަމެއް
މަންމަޔާ ބައްޕަގެ ނަސޭހަތް އަޑުއަހައި ހެޔޮވިސްނުމުން
އެންމެ ހައި އުޚުތުން އަޚުންނަށް ލޯބި ދިނުމީ ހެޔޮކަމެއް
ކުރެވިފައިވާ ކުށްތަކާ މެދު ދޭށެ މާފެއް ހެޔޮހިތުން
ކުރެވިދާނޭ އަމަލެކޭ މީ ކުރިމަގަށް ހެޔޮވިސްނުމެއް
ވަކިވެ ބައި ބައިވުން އެއީ ދިރި އުޅުމުގައި ހުރި ދަތިކަމެއް
އެކުއެކީގައި އަތުގުޅާލުން ރީތި ޚުލްގުގެ ވިސްނުމެއް
ތިޔަ ކުދިން އެކުވެރިވެ އުޅުމީ ގެއްލި ނުމެދާ ނިއުމަތެއް
ވިޔަ ނުވާނޭ ލަފުޒުތަކަކުން ލިޔެ ޖަރީ ވާނޭ ކަމެއް
ދެއްވަވާނދޭ ވިސްނުމެއް ހެޔޮ ހިތުގެ ޚާލިސް ލޯތްބަކުން
ދެއްވެވުން އެދި މާތްއިލާހަށް ދަ ންނަވަމެ ނެތި އުނިކަމެއް