ދިވެހި ޖިންސުއްލަތީފީ ޚިދުމަތީ، އާފާގު އައު ކުރަމުން
ރިވެތި ޝުކުރާ ސަނާއާ، މަރުޙަބާއޭ ދަންނަވަން ޖެހެނީ!
މަދަދުގާ އިގްތިސާދީ ހަކަތަ، ކުފުރާމާ ބޮލީން ދިރުވައި
ޢަދަދު ނުމެވާނެ ޚިދުމަތަކުން، އެވީ ޤުރުބާން މިތާ ފެވެނީ
ތިލޭރުން ރާވެރިން ރަށްވެހި، ދަނޑަށް ފައްކާވެ ދާނޭހެން
ހިލޭ ހަމަ ހިނދުކޮޅެއް ނުމެދީ، ބިނާކޮށްދީފައޭ އެވަނީ
އެދުރު ދައިތައިންގެ އެދުރުވެހީ، ތެރޭގައި ދީނަށާ ގައުމަށް
ޢަދުލުވެރި ހެޔޮލަފާ ދިވެހީން، ނެރުއްވައި ދީފައޭ އެވަނީ
ޤަދަރުގާ ޢާއިލާތައް ޢިލްމަށާ، ދީނަށް ޖަރީކޮށްދީ
ބަނދަރަކަށް މާ އަމާން ގައުމީ، އަލުން ވާޞިލްވެފާ އެވަނީ
ޢަދުއްވުން ބަލިކުރާން ހިތްވަރު، ކަށީން ނެރެދެއްވިހާ ބަޠަލުން
މަދުންނެއް ނޫން އުނގުން ތަރުބަވެ، ވިދާ ބަބުޅާ ދީފަވަނީ
ދިވެހި ދަނޑުފަގު ތަކުން ހޯދާ، ގޮވާމުން ޢާއިލާ ބަލަމުން
ދިވެހި ރޯނާ މަހާ ބޮއްޔޭ، އެކްސްޕޯޓަށް ނެރުއްވަވަނީ
މިޤައުމުގެ ތަޚުތުވެސް ފަޚުރާ، އެކީގާ ރެދަލިކޮށްދީގެން
އެޤައުމެއް ފަޚުރުވެރި ވާހާ، ރަނިން ޚިދުމަތް ފަވާ މިލަނީ
