...

Support Us

ޕްރޮފެސަރ އުގައިލްގެ ކޮލަމް:

ޕްރޮފެސަރ އުގައިލްގެ ކޮލަމް: ތިބާއަށް ގައުމުގެ ވެރިކަން ލިބިއްޖެ ނަމަ އަމަލު ކުރާނީ ކިހިނެއް؟

ތިބާ ތިޔައީ ގައުމެއްގެ ވެރިމީހާ އެވެ. އެހެންކަމަށް ހިތައި ހިނދުކޮޅަކު އެކަމާ ވިސްނާ ފިކުރު ކުރާށެވެ. އެފަދަ ދަނޑިވަޅެއްގައި އެންމެ އިސްކަންދޭނީ ކޮންކަމަކަށް ތޯ އެވެ؟ އެފަދަ މަގާމެއްގައި ހުރެގެން ގާތް ރައްޓެހިންނާއި، ހިތް ނޭދޭ މީހުންނާއި އަދި ޖުމުލަކޮށް މުޅި ގައުމުގެ އެންމެހާ ރައްޔިތުންނާ މެދު ތިބާ އަމަލު ކުރާނީ ކިހިނެއް ތޯ އެވެ؟

ނިސްބަތުން ބަލާއިރު، ހުރިހާ ވެރިން ވެސް، އެއީ ގައުމެއްގެ ވެރިއަކަސް، ނުވަތަ ބޮޑު ޚާންދާނެއްގެ އެންމެ އިސްމީހާއަށް ވިއަސް އަދި ހަމަ އެހެންމެ އާދައިގެ ކުންފުންޏެއްގެ ބޮޑަކަށް ވިއަސް، ތާއަބަދު ކުރާ އެއްކަމެއް އޮވެ އެވެ. އެއީ، ކަންކަމުގައި ގޮތް ނިންމުމެވެ.

ކަންކަންމުގައި ގޮތް ނިންމުމަކީ، އަދި ވަކިން ޚާއްސަކޮށް އެންމެ ރަނގަޅު ގޮތް ކަނޑައެޅުމަކީ، އެހާ ފަސޭހަ ކަމެއް ނޫނެވެ. ސަބަބަކީ، އެފަދަ މަގާމެއްގައި ހުންނަ މީހަކު އެންމެ ބޮޑަށް ވިސްނަން ޖެހޭނެ އެއް ކަމަކީ އޭނާ އެކަމެއް ނިންމާ ގޮތަކާ ވިއްދައިގެން ނިކުންނާނެ ނަތީޖާއަށެވެ. އެއީ، އެފަދަ ކަމަކުން ލިބިދާނެ ފައިދާއާ އެއްވަރަށް އިއާދަނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ލިބުމުގެ ފުރުސަތުވެސް އޮތުމުންނެވެ.

ކަމެއްގައި ގޮތް ނިންމުމުގައި އަމަލު ކުރާން ބޭނުންކުރެވިދާނެ ތަފާތު އުކުޅުތައް ވެއެވެ. މިސާލަކަށް، އެމީހެއްގެ އަމިއްލަ ޒަމީރު އެކަމުގައި ގަބޫލުކުރާ ގޮތާ އެއްގޮތަށްވެސް ކަންކަން ނިންމިދާނެ އެވެ. އަދި ބައެއް ފަހަރަށް އެހާ ޔަގީންކަމެއް ނެތްނަމަ ފައިސާ ފޮއްޗަކުން ގުރުލައިގެން ވެސް ގޮތެއް ކަނޑައެޅިދާނެ އެވެ. ކޮންމެއަކަސް، ވިސްނަންޖެހޭ ނުކުތާ އަކީ އެ ނިންމާ ނިންމުމަކީ ވީހާވެސް ހަމަހަމަ، ދެފުށްފެންނަ އަދި ގެއްލުންކުޑަ ނިންމުމަކަށް ވުމެވެ. މިގޮތަށް އަމަލު ކުރުމަށް، ތިމާގެ އަމިއްލަ ޚިޔާލަށް ވުރެ ބޮޑަށް އެހެންމީހުންގެ އުދާސްތަކާއި އިޙްސާސްތަކަށް ވިސްނުމަކީ މުހިއްމު ކަމެކެވެ. އަދި އެފަދަ ނިންމުމަކުން ތިމާއަށް ނާޖާއިޒު ގޮތެއްގައި މަންފާ ލިބިދާނެކަމަށް އުއްމީދު ކޮށްގެން ނުވާނެ އެވެ. އެހެނީ، ކަމެއް ނިންމާއިރު ތިމާގެ އަމިއްލަ އެދުން ކުރިއަށް ނެރުމަކީ ގޯހެކެވެ.

ތިމާ އަކީ ގައުމެއްގެ ވެރިއަކަށްވިއަސް ނުވަތަ އެނޫން މީހަކަށްވިއަސް، ވިސްނަން ޖެހޭނެ ޙަގީގަތަކީ، ދިރިއުޅުމުގައި ތިމާއަކީ އަނެކުން އިތުބާރުކުރާ، ޚުލްގް ހެޔޮ، އަދި ނިޔަތް ރަނގަޅު އިންސާނަކަށް ވުމެވެ. ތިމާ އަކީ، އަމިއްލަ އެދުމުން އެއްކިބާވެ ހުރި ހަރުދަނާ މީހަކަށް ވުމެވެ. އެވަރުން ފުދޭނެ އެވެ.

(https://Ugail.Live/mv)

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.