މާފަރު އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އަތުލި 742 ފުޅި ބަނގުރަލާއި 210 ދަޅު ބިޔަރު ފުލުހުން އިއްޔެ ނައްތާލައިފިއެވެ.
މާފަރުގައި ނައްތާލި މި ތަކެއްޗަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މި އަހަރުގެ ފެބްރުވަރީ 17 ވަނަ ދުވަހާ ހަމައަށް މާފަރު އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތި ކަމަށް ފުލުހުން ބުނެއެވެ.
"ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.
- ވިދާޅުވުމަށް: ފުލުހުން އަތުލާ ބަނގުރާތައް ނައްތާލާތީ ކުރާ ސުވާލެއް



advertisment