ނާމާންވޭ ނާމާންވޭ
ހުޅަނގުބިތުން ނާމާންވޭ
ޔުކްރޭނޭ ރަޝިޔާއޭ
ޚަބަރެއްގައި ކިޔައިފިޔޭ
ޙަމަލާތައް ފަށައިފިޔޯ
މީހުންމަރު ވަމުންދެޔޯ
ބިރުވެރިކަން އެހައިބޮޑޯ
ނޫސްތަކުގައި ލިޔާނެޔޯ
ޓުއަރިސްޓުން ނާންނާނޭ
ކަންތައްތައް ދަތިވާނޭ
ތެޔޮކޮޅުއަގު އަރާނެޔޭ
ކާނާޔަށް ދަތިވާނޭ
ރުއްގަސްގިނަ ހައްދަންވީ
ވެޔޮ ކެޔޮ އަލަ އިންދަންވީ
ފަތްކާ ގަސް އިންދަންވީ
ކަށިކެޔޮފާ ހައްދަންވީ
ވިހަލަގޮނޑިން ވިހަފިލުވައި
ހިތްތަލައިން ހިތިފިލުވައި
ކަނޑުލުންތޮށި މަށައިނޮޅައި
ހަނޑުލުގެ ވީ ހޮވާށަވީ
ދާފިލިތައް ބަންނާށޭ
ރައިވެރިކަން ފައްޓާށޭ
މަސްވެރިކަމު ދާންވާނޭ
މިކަންކަމަށް ވިސްނާށޭ
