Support Us

ކޮލަމް ކޯދު: އިލްމުވެރިއެއްގެ ބުއްދިވެރި ބަސްކޮޅެއް

ތިރީގައި އެވަނީ ވިލިޔަމް ޑޫ ބޮއިސްގެ ވާހަކަކޮޅެކެވެ. އޭނާއަކީ އެމެރިކާގެ އިޖްތިމާއީ އިލްމުވެރިއެކެވެ. މުއައްރިޚެއް ވެސް މެއެވެ. އަދި އެމެރިކާގެ މަދަނީ ހައްގުތަކަށް މަސައްކަތްކުރި ހަރަކާތްތެރިއެއް ވެސް މެއެވެ. އޭނާ ހިމެނެނީ ހަވަޑް ޔުނިވަރސިޓީން، އެންމެ ފުރަތަމަ ޕީ.އެޗް.ޑީ ހާސިލު ކުރި ކަޅު މީހާއަށެވެ. މިކަން އޭނާ ހާސިލުކުރީ 1895ގައެވެ.

މާއްދީ ގޮތުން ގައުމެއް ތަރައްގީވެ، ކުރިއެރުން ބެލުމުގެ މިންގަނޑަކީ އެ ގައުމުގައި ތިބި މިލިޔަނަރުންގެ، މުއްސަނދިންގެ އަދަދެއް ނޫނެވެ. ނަމަވެސް، އެ ގައުމުގައި ފަގިރުކަމާއި މުހުތާދުކަން ނެތި ގޮއްސައިވާ މިންވަރެވެ. ސިއްހީ ޚިދުމަތްތައް، އެންމެނަށް ވެސް، ފަސޭހައިން ލިބޭ ގޮތް ވެފައި އޮތުމެވެ. ރަނގަޅު ގައުމީ މަންހަޖުތަކެއް، އެ މަދަރުސާތަކުގައި، ހިންގާލެވޭ، އެ މަންހަޖުތަކުގެ ލަނޑުދަނޑިތައް ހާސިލުވެ، އަދި އެކަމުގެ ސަބަބުން، ހެޔޮ މުވާތިނުންތަކެއް ބިނާ ކުރެވޭ އާންމު މަދަރުސާތަކެއް ގައުމުގައި ހުރުމެވެ. އަދި، ރަނގަޅު ފޮތްތައް ކިޔޭނޭ ފަދަ ގާބިލުކަން ލިބިފައިވާ، އަދި ކިޔަމުންދާ، މީސްތަކެއް ގައުމަށް ލިބިފައި ވުމެވެ.