ހުނަރު ދިޔައީ ގެއްލިގެންނޭ ދަތި ހިތަށްދީ ރޮއްވަމުން
މުރަނަ ސިކުނޑިން އަޑު ގޮވާތީ ނެހެދެޔޭ ލަވައެއް ސަފުން
ޅެންލިއާ ޤަލަމުގެ ތުނޑުން ލޭކަރުނަ އަޅަނީ ގިސްލަމުން
ފެންފަދައިން ޅެންލިއުނު ހުނަރާ ހިތްވަރާ އަދު ގެއްލުމުން
މޮޅު އަދީބުން ޝާޢިރުން އެލިޔާ ޅެމުގެ ފުރިހަމަ ކަމުން
ފޮޅުވަތެއް ވެސް ޅެންބަހުން ލިއުމަށް ނުކުޅެދޭ ދެރަވުމުން
ސިކުނޑިޔާއި ހިތާއި ގުޅިގެން ދޭ ނަސޭހަތް އަޑުއަހައި
ހިކުމަތެއް ލިބި ކުރިއެރޭތޯ ހުނަރުގައި ބަލަނީ ރޮމުން
ރީތި ހުދު ގޮނޑުދޮށްތަކާ ނަލަ މާފޮޅޭ އެކި ގަސްތަކުން
ރީތި ލަފުޡެއް ސިފަ ނުކުރެވޭ ހުނަރުގައި ހުރި އުނިކަމުން
ގެއްލި ދިޔަ ހުނަރާ އެކީގައި އާދެވޭތޯ ކުރި އަރަން
އެއްމެ ވަގުތެއް ވަސް ނަގާ ނުމެލާ ދެވޭތޯ ވިސްނަމުން