Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކައެއް

ފޮޓޯއިން އެ ފެންނަނީ މިނެކިރައިގެން އެއްޗެހި ވިއްކާ މީހެކެވެ. ރާތާބަރުގެ ދަށުގައި ކަރުދާސް ކޮތަޅެއް ބާއްވައިފައި ވެއެވެ. އެއްޗެހި ވިއްކަނީ އެފަދަ ކޮތަޅަކަށް އަޅައި ކިރައިގެން ކަމަށްވާތީ ގަންނަ މީހާއަށް އޭނާ ގަންނަ އެއްޗެއް ކިރާއިރު ކޮތަޅުގެ ބަރުދަން ނުހިމަނައި ކިރުން ފުރިހަމަ ކުރުމުގެ ގޮތުން ކުރާ ކަމެވެ. މިކަމަށް ސަމާލުވުމަށް ކީރިތި ގުރުއާނުގައި އަންގަވާފައިވާތީއެވެ. وَيْلٌ لِلْمُطَفِّفِينَ (1) الَّذِينَ إِذَا اكْتَالُوا عَلَى النَّاسِ يَسْتَوْفُونَ (2) وَإِذَا كَالُوهُمْ أَوْ وَزَنُوهُمْ يُخْسِرُونَ (3) أَلَا يَظُنُّ أُولَئِكَ أَنَّهُمْ مَبْعُوثُونَ (4) لِيَوْمٍ عَظِيمٍ (5) يَوْمَ يَقُومُ النَّاسُ لِرَبِّ الْعَالَمِينَ (މިނެކިރުމުގައި) އުނިކުރާ މީހުންނަށް ހަލާކު ހުއްޓެވެ. އެމީހުންނަށްޓަކައި މީސްތަކުންގެ އަތުން މިނެކިރައިފި ނަމަ، (މިނެކިރުން) ފުރިހަމަ ކުރެއެވެ. (ނަމަވެސް، އެހެން މީހުންނަށްޓަކައި) އެމީހުން މިނެފި ނަމަ ނުވަތަ ކިރައިފި ނަމަ އުނިކުރިއެވެ. އަޅެ ފަހެ، އަލުން ދިރުއްވާނޭ ދުވަހެއް އޮތް ކަމާ މެދު އެމީހުން ވިސްނާ ނުލަނީ ހެއްޔެވެ؟ ބޮޑުވެގެންވާ ދުވަހަކަށްޓަކައެވެ. އާލަމްތަކުގެ ވެރި ރަސްކަލާންގެ ހަޟުރަތުގައި މީސްތަކުން ތެދުވެ ތިބެން ޖެހޭ ދުވަހަކަށެވެ…"

އާދެ، ހަމަ ގައިމުވެސް، އެއް ދުވަސް ވަރެއްގައި މި އާޔަތުގައި އިޝާރަތްކުރެވިފައިވާ ކަންތައް- މިނެކިރުމުގައި ހައްގު ލިބެންވާ ފަރާތަށް ފުރިހަމައަށް އޭނާގެ ހައްގު ދިނުން- މިކަމަށް ސަމާލުވިކަން މި ތަސްވީރު ބުނެދެއެވެ. މިހާރު ވެސް މިކަން މި ގޮތަށް ކުރާ ބަޔަކު އުޅޭނޭ ކަމާ މެދު ޝައްކެއް ނުކުރަމެވެ.