Support Us

ގައުމުގެ ދިރުން

މިއީ މިދިޔަ ގަރުނުގެ ކުރީކޮޅުގެ އެންމެ މަޝްހޫރު އަރަބި ޝާއިރުންގެ ތެރޭގައި ހިމެނޭ އަބޫ އަލްގާސިމު އައްޝާބިގެ إرادة الحياة ([ގައުމަށް] ދިރުން ގެންނަން ބޭނުންވުން)، މި ދިގު ޅެމުން ހޮވާލެވި، ކިޔާފައިވާ ލަވައެއްގެ ބަސްކޮޅުގެ ތަރުޖަމާއެކެވެ.

މިޅެމުގައި އޭނާގެ ގައުމުގެ މީހުންނަށް އައްޝާބީ ގޮވާލައިފައިވަނީ ގައުމައިގެން ކުރިއަށް ދާން ބޭނުން ކޮންމެ ބަޔަކަށް ވެސް އެކަން ކުރެވޭނޭ ކަމެވެ. އެކަން ކުރަން ކެރިގެން ނިކުތުމުންނެވެ. އެ ގޮތުގައި ނިކުމެއްޖެ ނަމަ، ކުރިއަށް ދިޔުމަށް ހުރަސްއަޅާ ހުރިހާ ހުރަސްތަކެއް ނެތިދާނެއެވެ. މީހުންގެ ގައިގައި އެޅިފައިވާ އެކިއެކި ކަސްތަޅުތަކެވެ. އެހެން މީހުންގެ ފިކުރުގެ އަޅުވެތިކަމުގެ ކަސްތަޅުތަކެވެ. ކަންނެތް ކަމުގެ ކަސްތަޅުތަކެވެ. ނޭނގުމާއި ޖާހިލުކަމުގެ ކަސްތަޅުތަކެވެ. ޒާތި ތައައްސުބުގެ ކަސްތަޅުތަކެވެ. ހަސަދަވެރިކަމާއި ހެޔޮ ނޭދުމުގެ ކަސްތަޅުތަކެވެ. ގައުމު ކުރިއެރުވުމަށްޓަކައި އަތުކުރި އޮޅާލައިގެން ބަޔަކު ނިކުމެ، މި ކަސްތަޅުތައް މުގުރާލައިފި ނަމަ، ރޭގަނޑުގެ ކަޅު އަނދިރިކަން ފިލައިން، ތަގުދީރު ވެސް ހިނިތުންވެ، މުޅިން އާ ދުނިޔެއެއް އުފަންވެގެން ދާނެއެވެ!

ދެން، ލަވައިގައި ހިމަނާލެވިފައިވާ ބައިތުކޮޅު، އޭގެ ތަރުޖަމާއާއެކު ލިޔެލާނަމެވެ.

****

إِذا الشَّعْبُ يوماً أرادَ الحياةَ * فلا بُدَّ أنْ يَسْتَجيبَ القدرْ

ގައުމެއް ދުވަހެއްގައި ދިރިހުންނަން ބޭނުން ވެއްޖެ ނަމަ ތަގުދީރު ވެސް އެކަމަށް އިޖާބަ ދޭނޭކަން ކަށަވަރެވެ

ولا بُدَّ لِلَّيْلِ أنْ ينجلي * ولا بُدَّ للقيدِ أن يَنْكَسِرْ

އަދި ރޭނގަނޑުގެ އަނދިރިކަން ވެސް ފިލައި ހިނގައި ދެއެވެ

މީސްތަކުންގެ ގައިގައި އެޅިފައިވާ ކަސްތަޅުތައް ވެސް މުގުރިގެން ދެއެވެ.

هو الكونُ حيٌّ يحبُّ الحَيَاةَ * ويحتقرُ الميْتَ مهما كَبُرْ

އެއީ ދިރިހުރުން ލިބިގެންވީ ދިރިހުރުމަށް ލޯބިކުރާ ކައުނެވެ.

ދިރުމެއް ނެތް މީހުންނަށް، އެމީހުން ކިތަންމެ ބޮޑުވިޔަސް، އެއީ އަގެއް ނެތް، ނިކަމެތި ބައެއްގެ ގޮތުގައި ދެކެއެވެ

فلا الأُفقُ يَحْضنُ ميتَ الطُّيورِ * ولا النَّحْلُ يلثِمُ ميْتَ الثَّمَرْ

އާފާގުތައް (އުޑުތައް) އޭގެ އުރުތެރަށް މަރުވެފައިވާ ދޫނިތައް ނުލައެވެ.

ހަމަ އެހެންމެ މިލާ މޯޅިވެ، މަރުވެފައިވާ މޭވާތަކުގައި ބޮސްދީ އެއިން ފޮނިބޯން މާމުއި ކުޅަނދުރުތައް ނޫޅެއެވެ.

ومن لا يحبُّ صُعودَ الجبالِ * يَعِشْ أبَدَ الدَّهرِ بَيْنَ الحُفَرْ

(އުސް) ފަރުބަދަތަކަށް އަރަން ލޯބި ނުކުރާ މީހާ އަބަދުގެ އަބަދަށް އުޅެން ޖެހެނީ (ބިންމަތީގެ) ވަޅުވަޅު ތަކުގައެވެ

إِذا الشَّعْبُ يوماً أرادَ الحياةَ * فلا بُدَّ أنْ يَسْتَجيبَ القدرْ

ގައުމެއް ދުވަހެއްގައި ދިރިހުންނަން ބޭނުންވެއްޖެ ނަމަ ތަގުދީރު ވެސް އެކަމަށް އިޖާބަ ދޭނޭކަން ކަށަވަރެވެ

ولا بُدَّ لِلَّيْلِ أنْ ينجلي * ولا بُدَّ للقيدِ أن يَنْكَسِرْ

އަދި ރޭނގަނޑުގެ އަނދިރިކަން ވެސް ފިލައި ހިނގައިދެއެވެ

މީސްތަކުންގެ ގައިގައި އެޅިފައިވާ ކަސްތަޅުތައް ވެސް މުގުރިގެން ދެއެވެ.

إِذا الشَّعْبُ يوماً أرادَ الحياةَ * فلا بُدَّ أنْ يَسْتَجيبَ القدرْ

ގައުމެއް ދުވަހެއްގައި ދިރިހުންނަން ބޭނުންވެއްޖެ ނަމަ ތަގުދީރު ވެސް އެކަމަށް އިޖާބަ ދޭނޭކަން ކަށަވަރެވެ

ولا بُدَّ لِلَّيْلِ أنْ ينجلي * ولا بُدَّ للقيدِ أن يَنْكَسِرْ

އަދި ރޭނގަނޑުގެ އަނދިރިކަން ވެސް ފިލައި ހިނގައި ދެއެވެ

މީސްތަކުންގެ ގައިގައި އެޅިފައިވާ ކަސްތަޅުތައް ވެސް މުގުރިގެން ދެއެވެ.

****

إِذامَا طَمحْتُ إلى غايةٍ * رَكِبتُ المنى ونَسيتُ الحَذَرْ

ކަމެއްކުރަން ހިތަށް އަރައިފި ނަމަ، އުއްމީދުގެ އުޅުނަދަށް އަރައި، ބިރުގަނެ ޖެހިލިންވުން މަތިން ހަނދާން ނައްތާލައި (އެކަމައިގެން ކުރިއަށް ދަމެވެ.)

وثارت بقلبي دماءُ الشَّبابِ * وضجَّت بصدري رياحٌ أُخَرْ

ދެން އަހަރެންގެ ހިތުގެ ތެރޭގައި ޒުވާން ކަމުގެ ލޭ ކެކި، އުތުރިއަރައިގަނެއެވެ. އަދި މުޅިން އެހެން ކަހަލަ ވަޔެއް، (އަހަރެންގެ އުއްމިދުގެ އުޅަނދައިގެން ކުރިއަށް ދެވޭނޭ ފަދަ ވައެއް) ޖެހި އަހަރެންގެ މޭމައްޗަށް ޖެހި (އަހަރެން ކުރިއަށް ދިޔުމުގެ ހިއްވަރު ލިބުނެއެވެ)

ومَن لم يعانقْهُ شَوْقُ الحياةِ * تَبَخَّرَ في جَوِّها واندَثَرْ

ދިރިހުރުމުގެ ޝައުގު އެމީހެއްގެ ގައިގައި ބައްދާ ނުލާ މީހާ، ހަޔާތުގެ ޖައްވުގެ ތެރަށް ބުރައިގެން ގޮސް ނިމި ދެއެވެ

إِذا الشَّعْبُ يوماً أرادَ الحياةَ * فلا بُدَّ أنْ يَسْتَجيبَ القدرْ

ގައުމެއް ދުވަހެއްގައި ދިރިހުންނަން ބޭނުން ވެއްޖެ ނަމަ ތަގުދީރު ވެސް އެކަމަށް އިޖާބަ ދޭނޭކަން ކަށަވަރެވެ

ولا بُدَّ لِلَّيْلِ أنْ ينجلي * ولا بُدَّ للقيدِ أن يَنْكَسِرْ

އަދި ރޭނގަނޑުގެ އަނދިރިކަން ވެސް ފިލައި ހިނގައި ދެއެވެ

މީސްތަކުންގެ ގައިގައި އެޅިފައިވާ ކަސްތަޅުތައް ވެސް މުގުރިގެން ދެއެވެ.

إِذا الشَّعْبُ يوماً أرادَ الحياةَ * فلا بُدَّ أنْ يَسْتَجيبَ القدرْ

ގައުމެއް ދުވަހެއްގައި ދިރިހުންނަން ބޭނުން ވެއްޖެ ނަމަ ތަގުދީރު ވެސް އެކަމަށް އިޖާބަ ދޭނޭކަން ކަށަވަރެވެ

ولا بُدَّ لِلَّيْلِ أنْ ينجلي * ولا بُدَّ للقيدِ أن يَنْكَسِرْ

އަދި ރޭގަނޑުގެ އަނދިރިކަން ވެސް ފިލައި ހިނގައި ދެއެވެ