ކައު މުޞްޠަފާގެ ރިސާލަތަށް މުންކުރުވި ނަމަ ކާފިރުވެޔޭ
ދަޢުވާ ދަލީލާ ޙުއްޖަތުން ސާބިތު ކުރައްވާ ފައިވެޔޭ
ދިރުމާ މަރުގެ އަޞްލީސަބަބު މުލްކުގެ ދެވަނަ އާޔަތުވެޔޭ
ބިރުވެތި ނުވާމީހުން އެއަށް ވިސްނާނުލައި ގެއްލެނިވެޔޭ
އުނިކަން އެމީހަކު ބުއްދިޔަށް ލިބިފައިނުވާ ހަމަ އެންމެނަށް
ދުނިޔޭގެ ދިރިއުޅުމުގެ ފަހުން ޢަމަލަށް ޖަޒާ ދެއްވާނެޔޭ
މީހުންގެ ޙައްޤުތަކާ މުދާ ވަޤުތީ އުފާ ޙާޞިލްކުރަން
ކީހުން ފަޅައި ކުދިކޮށްކޮށާ އަނިޔާވެރިން ނަރަކައިވެޔޭ
ގަނޑުފެންވިރޭ މިނުގައި އަވަސް މީހާ ޢުމުރު ވިރިގެންދެޔޭ
ކަނޑުގައި ޢަޒާބުގެ ފަތަފަތައި ފާޖިރު އަޅުން އޮންނާނެޔޭ
އަބަދަށްޓަކައި ނަރަކައިގެ ގަދަ އަލިފާން ހިފާން ނޭދޭ އަޅާ
ސަބަބުން ކަމެއް ކުރުމުގެ ނުބައި ނުދިނޭކަމެއް ނުކުރާނެޔޭ
އެހެނަސްޒަމާން ފަސްވާހިނދުން ދުނިޔޭގެ ބާރުކެނޑޭކަމުން
މެހެމުން ނުބައި މަޅިޔަށް ބޮލާ އަތްފައި އަޅުން ބާނާނެޔޭ