Support Us

އަހުރެންގެ ބަނޑު ފުރުނީ ހަތަރު ބިސްވެސް ކެއުމުންނެވެ.

އަންހެނަކަށް އޭނާގެ ފިރިމީހާ ހަތަރު އަނބިންނާ ކައިވެނިކުރަން ބޭނުންވާކަން އެނގުނެވެ. އެހިނދު ފިރިމީހާ އެކަން ހުއްޓާލާތޯ އެތައް ވާހަކައެއް ދެއްކިއެވެ. އެކި ގޮތްގޮތުން ފިރިމީހާއަށް ވިސްނައިދެވޭތޯ މަސައްކަތްކުރުމަށްފަހު އަނބިމީހާއަށް މޮޅު ބުއްދިއެއް އަތުވެއްޖެއެވެ.

އެގޮތުން ހަތަރު ކުކުޅު ބިސް ފެނުކެއްކުމަށްފަހު ކޮންމެ ބިހެއްގައި ތަފާތު ކުލައެއް ޖެއްސިއެވެ. އަދި ފިރިމީހާ ގެޔަށް އައުމުން ހަތަރު ބިސް ކާންދިނެވެ. އެއަށްފަހު ސުވާލުކުރިއެވެ. "ބޭރުގައި ހުރި ކުލަ ފިޔަވައި ހަތަރު ބިހުންކުރެ އެއްވެސް ބިހެއްގައި ތަފާތުކަމެއް އެބަހުރިހެއްޔެވެ؟ ތަފާތު ރަހައެއް ލާހެއްޔެވެ؟"

ފިރިމީހާ ވަރަށް ހަމަޖެހިލާފައި ބުނެޏެވެ. "ނޫނެކެވެ. އެއްވެސް ތަފާތު ކަމެއް ނެތެވެ. ރަހަ ހަމަ އެއްގޮތެވެ. އެކައްޗެކެވެ." އެހިނދު އަނބިމީހާ ހީނލާފައި ބުންޏެވެ. "އަންހެނުންވެސް ހަމަ އެފަދައެވެ. އެމީހުންގެވެސް ތަފާތުވަނީ ކުލައާއި ސިފައެވެ. އެހެން އެއްވެސް ކަމެއް ތަފާތެއް ނުވާނެއެވެ. "ރަހަ" ވެސް އެއްގޮތެވެ."

ޖަވާބުގައި ފިރިމީހާ ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "އާނއެކެވެ. ތިޔަ ބުނީ ވަރަށް ބޮޑު ތެދެކެވެ. އެކަމަކު ދެންމެ އަހުރެންނަށް ފާހަގަވީ އިތުރުކަމެއް ބުނެދޭން ހެއްޔެވެ؟ އަހުރެންގެ ބަނޑު ފުރުނީ ހަތަރު ބިސްވެސް ކެއުމުންނެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *