Support Us

މުދައްރިސްގެ ސުވާލު: އަބޫޖަހުލު ގަތުލުކުރީ ކާކުހެއްޔެވެ؟

އިންތިޙާނު ގާތްވަމުން އަންނާތީ މުދައްރިސް ކުލާހަށް ގޮސް ދަރިވަރުންގެ ފެންވަރު ވަޒަންކޮށްލާނަމޭ ހިތައި، ކުލާހުގެ އެންމެ ފަހަތު ގޮނޑިބަރިން ކުއްޖަކާ ސުވާލު ކޮށްލިއެވެ.

އަބޫ ޖަހުލު ގަތުލު ކުރީ ކާކުހެއްޔެވެ.؟

ޖަވާބުގައި ދަރިވަރު ބުންޏެވެ. "އުސްތާޒެވެ. ﷲ ގަންދީ ބުނަމެވެ. އެއީ އަހަންނެއް ނޫނެވެ."

ދެވަނަ ދަރިވަރާ ސުވާލު ކުރުމުން ބުންޏެވެ. "އުސްތާޒެވެ. ތެދުތެދަށް ބުނާނަމަ އަހުރެން އިއްޔެ ސްކޫލަށް ހާޒިރެއް ނުވަމެވެ. (އަހަންނަކަށް ނޭނގެއެވެ.)"

ތިންވަނަ ދަރިވަރާ ސުވާލުކުރުމުން ޖަވާބުގައި ބުންޏެވެ. "ހިންޏެއް މަރާކަށްވެސް އަހަންނަކަށް ނުކެރެއެވެ. ދެން އަހުރެން އިންސާނަކު ގަތުލު ކުރާނީ ކިހިނެއް ހެއްޔެވެ؟"

ދެންފަހެ މިކަމާ މުދައްރިސް އިންތިހާ އަށް ރުޅިގަދަވެއްޖެއެވެ. ދަރިވަރުންތައް މުދައްރިސަށް ފުރައްސާރަ ކުރަނީއޭ ހިތައި މިކަން މަދުރަސާގެ އެންމެ އިސްފަރާތާ ހަމަޔަށް ގެންދިޔައެވެ. ނަމަވެސް ފިލާވަޅު ދަސްނުކުރާތީ މިތިން ދަރިވަރުންނަށްވެސް ހަގީގަތުގައި އަބޫޖަހުލަކީ ކާކުކަމެއްވެސް ފަހުމްވެފައެއްނެތެވެ.

ކޮންމެއަކަސް މަދުރަސާގެ ޕުރިންސިޕަލް އެ ކުލާހަށް ވަޑައިގެން ވެގެން އުޅޭ ގޮތް އޮޅުންފިލުމުން މުދައްރިސް ބުންޏެވެ. "އަބޫ ޖަހުލު ގަތުލު ކޮށްލީ ކާކުހޭ އެހީމައި ދަރިވަރުންތައް ފުރައްސާރަކުރަނީއެވެ."

އެހިނދު ޕުރިންސިޕަލްވެސް ދަރިވަރުންނާ ހަމަ އެސުވާލު ކުރަންފެށިއެވެ. "އަބޫ ޖަހުލު ގަތުލުކޮށްލީ ކާކު ހެއްޔެވެ؟" ޖަވާބުގައި ދަރިވަރުންތައް އެމީހުންގެ މައުސޫމްކަން ހާމަކުރަމުން ދިޔައެވެ.

ދެންފަހެ އެކަން ކުރި އެއްވެސް މީހަކު އެކުލާހުގައި ނެތުމުން ޕްރިންސިޕަލް ކުޑަކޮށް ހައިރާންވެފައި މުދައްރިސްގެ ކަންފަތް ކައިރީގައި ސިއްރު ސިއްރުން އެއްސެވިއެވެ. "ތިބާ އަށް ހަމަ ޔަގީން ހެއްޔެވެ.؟ އަބޫޖަހުލު ގަތުލުކޮށްލީ މިކުލާސް ކުއްޖެއް ހެއްޔެވެ؟ އޭނާ މިކުލާހުގައި އެބަ އިން ހެއްޔެވެ؟"

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *