Support Us

ސޯރްރެން ކީރްކޭގާޑުގެ ބުއްދިވެރި ބަސްކޮޅެއް

ސޯރްރެން ކީރްކޭގާޑަކީ ޑެންމާކުގެ ނަވާރަ ވަނަ ގަރުނުގެ ފަލްސަފާވެރި އެކެވެ. ތަފާތު މައުޟޫއުތަކުގެ މައްޗަށް އޭނާ ލިޔުނެވެ. އޭގެ ތެރޭގައި އަޚުލާގިއްޔާތު، ނަފްސާނީ އިލުމު، ނަސްރާނީ ދީން، އަދި ދީނުގެ ފަލްސަފާ، މި މައުޟޫތައް ހިމެނެއެވެ. އޭނާގެ ލިޔުންތައް ލިޔެފައިވަނީ ޑެނިޝް ބަހުންނެވެ. ފަހުން، ވިހި ވަނަ ގަރުނުގެ ތެރޭގައި ޔޫރަޕުގެ ގިނަ ބަސްތަކަކަށް އޭނާގެ ލިޔުންތައް ތަރުޖަމާ ކުރެވުނެވެ.

***

  1. ހަޔާތް ފަހުމު ވަނީ ފަހަތަށް އެނބުރި ބަލައިގެންނެވެ. ނަމަވެސް ހަޔާތް ވޭތުކުރަން ވާނީ ކުރިމަގު ބަލައިގެންނެވެ.
  2. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މީހުން ހޯދަން އުޅެނީ، އެމީހުން މަދުން ނޫނީ ބޭނުން ނުކުރާ ވިސްނުމުގެ މިނިވަންކަމުގެ ބަދަލުގައެވެ.
  3. ހަޔާތަކީ ހައްލުކުރަން އޮތް މައްސަލައެއް ނޫނެވެ. އެއީ ތަޖުރިބާކުރަން ޖެހޭ ހަގީގަތެކެވެ.
  4. ދުނިޔަވީ ވުޖޫދުގައި ވުމުގެ ތެރޭގައި ކުރިމަތިވާ އެންމެ ވޭންދެނިވި ހާލަތަކީ މުސްތަގުބަލެއް މަތިން ހަނދާންކުރުން މަތީ ހުރުމެވެ. އަދި ވަކިން ޚާއްސަ ގޮތެއްގައި ހަގީގަތަކަށް ހަދާލެވެން ނެތް މުސްތަގުބަލެއްގެ މަތިންނެވެ.
  5. އިލްމަކީ ވަގަށް ނަގައިގެން ނުގެންދެވޭނޭ މުދަލެކެވެ.
  6. އަނިޔާވެރި މުސްތަބިއްދު ވެރިން މަރުވުމުން އޭނާގެ ވެރިކަން ނިމުނީއެވެ. ނަމަވެސް އޭނާގެ ނަފްސު ގުރުބާންކޮށް ޝަހީދުވެދާ މީހާ ނެތިދިޔުމުން، އޭނާގެ ވެރިކަން ފެށެއެވެ.
  7. ކަލެއަކީ ކާކު ކަމުގެ ހަގީގަތާ ކުރިމަތިލާށެވެ! ކަލޭގެ ހާލަތު ބަދަލުކޮށްލާނެ ކަމަކީ އެއީއެވެ!
  8. ނޭވާ ވެސް ނުލައި، އުފަލާއި ލައްޒަތު ހޯދަން އަވަސްވެގަނެގެން އުޅުމުގެ ސަބަބުން، އެކަންކަން ފަހަނައަޅައި ދެވޭ އިރުވެސް އަހަރުމެންނަކަށް ނޭނގެއެވެ.
  9. އީމާންވުމަކީ ވަރަށް ވެސް އުނދަގޫ ކަމެކެވެ. އެހެނީ އީމާންކަން ލާޒިމުކުރާ ކިޔަމަންތެރިކަން އަދާކުރުން އުނދަގޫވާތީއެވެ.
  10. އީމާންކަމައިގެން ކުރިއަށް ދާން އުދުހިގަންނާށެވެ! ނަމަވެސް، ރަނގަޅަށް ވިސްނައި ފިކުރުކުރުމަށްފަހުގައެވެ!
  11. ކުރިމައްޗަށް ގެނެސް ހާޒިރަށް ހަދާލެވެން ނެތް މާޒީއަކާ މެދު ފިކުރުކުރަންވީ ކީއްވެ ހެއްޔެވެ؟
  12. ލަދުގަނެ، އެކަކަށް ވެސް ނުފެންނަ ހާލު، ރަތްކުލަ އަރާ ކޯތާފަތް މަތިން އެ ފެންނަނީ ހިތުގެ ވިދާބެބުޅުމެވެ.
  13. މި ދުނިޔެއަށް އުފަންވުމުން، ކަލޭ އެ ހުރީ މަރުވާހާ ދުވަސްވެފައެވެ.
  14. ކަލޭގެ އަމިއްލަ ނަފްސަށް އޮޅުވާލަން ނޫޅޭށެވެ. އެންމެ ބޮޑަށް ކަލޭ، އެބަޔަކަށް، އޮޅުވާލަން އުޅޭ މީހުންގެ ތެރޭގައި ކަލޭގެ އަމިއްލަ ނަފްސު ހިމެނެއެވެ. އެހެންވެ، އެ ނަފްސާ މެދު ބިރުވެތިވާށެވެ!
  15. ކަލޭ ވާނީ ކަލެއަށް ވިސްނޭ އެއްޗަކަށެވެ
  16. (އެއްވެސް ހަމައެއް ނެތް) ފާޑުކިޔުމަށް ދެވޭނޭ އެންމެ ރަނގަޅު ރައްދަކީ ހިނިތުންވެލާފައި އެ ފާޑުކިޔުމުގެ މަތިން ހަނދާން ނައްތާލުމެވެ.
  17. މާ ގިނަ ރަހުމަތްތެރިންތަކެއް ކަލެއަށް ލިބިފައި ނެތުމުގެ މާނައަކީ ހަޔާތުގައި ގިނަގުނަ ތަޖުރިބާތަކެއް ކަލެއަށް ކުރެވިފައިވާ ކަމުގެ ހެއްކެކެވެ.
  18. އެއްވެސް ކަމެއް ކުރަން ނޫޅެންޏާ އެއްވެސް ކަމެއް ހާސިލެއް ނުކުރެވޭނެއެވެ.