Support Us

ޣިޔާޘުއްދީން ރަދުންގެ ހަނދާނުގައި

ހަނދާނުގެ މަންޒަރުން މިނުބައި ޖަރީމާ ފޮރުވިދާނޭތޯ
ތަދާ ވޭންތައް ހިތުގެ ޒަޚަމުގެ ދަވާއިން ފޮހެލެވޭނޭތޯ

ޣިޔާޘުއްދީނު ކަނޑުފައްތައި ޝަހީދުކުރީ ޖަރީމާއިން
ނިޔާއިން އަދަބު ދޭންވާ ބޮޑު ކުށެއްކަމުގައި ނުވާނޭތޯ

ޣިޔާޘުއްދީނު ޙައްޖަށްފަހު ވަޑައިގެންނެވި ހިނދުން އަނބުރާ
ރިޔާސަތު ހޯދުމަށް ކުޅަ ބޮޑު ބަޣާވާތް ސިއްރުވާނޭތޯ

މުޙައްމަދު ފާށަނާ ކިލެގޭ ކިޔޭ ނުލަފާވި ބޮޑުޚާއިނު
ނުޙައްޤުން ރަސްކަމަށް އެރުމަށް، ރަދުން ބަރުބަނދެ ނުފައްތާތޯ

ރަދުންގެ ގެކޮޅު ތަޅާލާފައި އެއިން "ކަޅުވަކަރު މިސްކިތް" އެޅި
އަނދުން އަޅުވައި އެކަން ފޮރުވާން ނަދުރެކޭ ބުނެ ނުފުއްދާތޯ

މުދާ ވާރުތަވެރީންނަށް ވެސް ނުދީ އަނިޔާ މުޅީން އިސްކޮށް
މުދާ މިސްކިތް އަޅާން ނަދުރެއް ކަމަށްބުފައި ނުފޭރޭތޯ

ޙަލާލުނުވާ ނުޞައްޙަ މަގުން، އަރައިގަނެ ފޭރިގަތް މުދަލުން
ކަލާނގެ ވަޖުހު ފުޅަށްޓަކަޔޭ ކިޔައި މިސްކިތް އެޅޭނޭތޯ

ޢަޖާއިބަކީ އެކަން އެނގިހުރެ އެކަން ފޮރުވައި، ދެލޯ މެރުމޭ
ނަޖާ ނަރަކައިގެ ގަދަހޫނުން އެފަދަ މީހުން ދިނޭނޭތޯ

 

  • ނޯޓު: اَلسُّلْطَانُ مُحَمَّدُ غِيَاثُ الدِّيْنُ ސިރީ ކުލަރަންމަނި ކީރިތި މަހާރަދުން ޝަހީދުކޮށް ބަރޯސާ ބަނދެފައި ކަނޑުފެއްތި ބަޣާވާތާއި، އެ ރަދުންގެ ގެކޮޅާއި ގޮވަތި ފޭރެވި، ގެކޮޅުގެ ތަކެތީން ގޯތިކޮޅުގައި، ބާޣީ ރަސްގެފާނު ނަދުރެއް ފުއްދާށޭބުނެ، ކަޅުވަކަރު މިސްކިތް އެޅުމުގެ ހަނދާން.
ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *