...

Support Us

ކުރު ވާހަކަ: ސިފައިންގެ އޮފިސަރާއި ބަޑިޖަހާ މީހާ

އެއްދުވަހު، ސިފައިންގެ އޮފިސަރަކު އޭނާގެ ލަޝްކަރުގެ ބަޑިޖަހާ މީހެއް ކުރެން އެއްސެވެ.

އޮފިސަރު: އަދުއްވު ލަޝްކަރުގެ ބަޑިޖަހާ މީހާގެ ބަޑިޖެހުމުގެ ހުނަރާ މެދު ކަލޭ ބުނަނީ ކީކޭ ހެއްޔެވެ؟

ބަޑިޖަހާ މީހާ: އޭނާގެ އެކަމުގެ ހުނަރު ވަރަށް ވެސް ދަށެވެ. އަޅުގަނޑުމެން ގަޔަށް އޭނާ ބަޑިޖަހައެވެ. ނަމަވެސް، އޭނަ ފޮނުވާލާ ވަޒަން ދަނީ ކަނާތުންނާއި ވާތުންނާއި މަތިންނެވެ. އަޅުގަނޑުމެންގެ މީހެއްގެ ގަޔަށް އަމާޒެއް ނުވެއެވެ.

އޮފިސަރު: އެހެންވެއްޖިއްޔާ ކަލޭމެންގެ މީހަކު އޭނަގެ ގަޔަށް ބަޑިޖަހައި އޭނާ މަރާނުލަނީ ކީއްވެ ހެއްޔެވެ؟

ބަޑިޖަހާ މީހާ: އެހެން ހަދައިފި ނަމަ، އެ މީހުންގެ އޮފިސަރު، ދެން، އޭނައަށް ވުރެ ހުނަރުވެރި ބަޑިޖަހާ މީހަކު އޭނާގެ މަގާމަށް އައްޔަނުކޮށް އަޅުގަނޑުމެންނަށް ނުރައްކަލަކަށް ވާނެ ނޫންތޯއެވެ!؟

މިއިން ލިބިދޭ އިބުރަތަކީ ކޮބައިހެއްޔެވެ؟ ކަންކަމުގެ ހުނަރު ނެތް، ކަންކަން ކުރަން ނޭނގޭ، ކަންކަމަށް އަހުލުވެރި ނޫން މީހުން ވަޒީފާތަކުގައި ބައިތިއްބުމުގެ 'ހިކުމަތް' މި ވާހަކަކޮޅުން ފެނިގެންދެއެވެ. ކަންކަން ކުރަން ނޭނގޭ ކަމަށް އެކަށީގެން ނުވާ މީހުން ކަންކަމާ މަތިކޮށްފައި ބޭތިއްބުމުން، ބައެއް ފަހަރު، އެހެން މީހުންގެ ހަށިގަނޑާއި ފުރާނަ، ޖާނާއި މާލު ސަލާމަތްކުރެވޭ ގޮތް ވެއެވެ. ކަންކަމަށް އަހުލުވެރި ނޫން މީހުން ކަންކަމާ މަތިކޮށްފައި ބޭތިއްބުމުން، އެމީހުންގެ މައްޗަށް ތިބޭ މީހުންގެ ކިބައިން އެ ފަދަ މީހުންނަށް ފެންނަ ނުރަނގަޅު ކަންކަމާ މެދު ފާޑުކިޔައި ސުއާލު ނުކޮށް ކަނު ލޮލެއް ދޭނެތީއެވެ. އެހެންވެ، ކަމެއް ނުކުރެވުނު ކަމުގައި ވިޔަސް، އެފަދަ މީހުން ގެންގުޅެން ފަސޭހަވާނެތީ ވެސް މެއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.