Support Us

ކުރު ވާހަކަ: ޖަންގަލިން ފިލަން ދުވި އެތެއްގެ ވާހަކަ

ޖަންގަލިން ފިލަން ދުވި އެތެއް ކުރެން އެހުނެވެ: ޖަންގަލިން ފިލަންވެގެން ކަލޭ ތި ދުވަނީ ކީއްވެ ހެއްޔެވެ؟ ޖަވާބުގައި އެއް ބުންޏެވެ: ޖަންގަލީގެ ހުރިހާ ޖިރާފުތައް މެރުމަށް ޖަންގަލީގެ ރަސްގެފާނު ސިންގާ އަމުރުކޮށްފިއެވެ.

ދެން އެތް ކުރެން އެހުނެވެ. އެކަމުގައި ކަލެއަށް އޮތީ ކޮން ނުރައްކަލެއް ހެއްޔެވެ؟ ކަލެއަކީ އެތެއް ނޫން ހެއްޔެވެ؟ ޖިރާފެއް ނޫނެއް ނޫން ހެއްޔެވެ؟

ޖަވާބުގައި އެތް ބުންޏެވެ: ތި ބުނީ ހަމަ ރަނގަޅު ވާހަކައެކެވެ. ނަމަވެސް ރަސްގެފާނުގެ އަމުރު ހިންގާލަން ހަވާލުކުރެވުނީ ހިމާރާއެވެ. ހިމާރަށް އެތާއި ޖިރާފު ވެސް ވަކި ކުރާކަށް ނޭނގެއެވެ. އެހެންވީ އިރު ޖަންގަލިން ދުވެ ފިލުން ނޫން ގޮތެއް އެބަ އޮތް ހެއްޔެވެ؟