ދުޝްމަނުން ހުސްވާނެހޭ؟ ބަލަ ދުނިޔެ ދެމި އޮތްހާ ހިނދަކު
އުސް ނަގާ ބިޔަރާޅުތައް ހަސަދައިގެ ކަނޑުގައި ވާހިނދަކު
ހިތް އޮތީ ކިހިނެއް ކަމެއް ނޭނގޭނެޔޭ ފިރުމާ ހިނދަކު
ހިތް ކުރާ އިންޒާރަކަށް ބޯނުލެނބެޔޭ އެކު ވާހިނދަކު
އަތުގުޅައިގެން މަގު ހިނގާ އިރު ހެޔޮކަމުގެ މިސާލެކޭ
އަތުކުރިން ދޫކޮށް ލަނީ ފުން ވަޅުގަނޑަށް ކޮއްޕާ ހިނދަކު
ރޯޅިއެއް ފިނި ފިރުމަމުން އައިސް ސިއްރުސިއްރުންނޭ ބުނީ
ކޯޅިމާ ދިނަކަސް ހިތެއް ބަދަލެއް ނުވޭ އެއްވެސް ހިނދަކު
މިތުރަކާ ހަތުރަކު އެނގޭނަމަ ވަކި ކުރަން ދިރި އުޅުމުގައި
ހިތުގެ ސަފްހާ ނުހުޅުވާށޭ ކުރިމަގަށް ވިސްނާ ހިނދަކު
ޤުދުރަތީ ގާނޫނުގައި ވާގޮތް ބަދަލު ނުމެ ވާނެޔޭ
ޚުދު ތިމާވެސް ދިރި އުޅޭނޭ ޢުމުރު ދެމިވާހާ ހިނދަކު