...

Support Us

ގެރިއަކާއި ބަކަރިއެއް

 

  • ޢައްލާމާ އިޤްބާލުގެ ޅެން އޭކް ގާއޭ އައުރް އޭކް ބަކްރީގެ ދިވެހި ޅެންތަރުޖަމާއެއް

 

ވިނަ ބިމެއް އާރޯ، ބަކަރި ގެރި ހުއިހަފާ
ގިނަ ގަހާ ގެހި  އޮތް ތަނަކު ވެރިހާއުފާ

ކިހިނަކުންހޭ ފެހި އެ ވެށި ސިފަކުރެވެނީ
އޮހި، ދެމޭ ފެންކޯރުތައް ގިނަ ފެންނަނީ

ވޭ އެ ތާ އަންނާރު ގަސްތައް، ވިޔަނުވޭ!
ދޭ ހިޔާ ގަސްތައް ބޮޑެތި ވެސް މަދުނުވޭ

އާދެޔޭ ފިނި ރޯޅިވައި އަތްފިރުމަމުން
ރާގުތައް ފޮނި ދޫނިތައް ދޭ އިއްވަމުން

ކައިރިއަށް ކޯރެއްގެ ނުކުތޭ ބަކަރިއެއް
ކައި ހަފައި ހުއި އުޅުނު ކުޑަކުޑަ ބަކަރިއެއް

ފުށްފުށަށް އެކި ދެން ބަލައިލިއެ ހުއްޓެމުން
ދުށް އެ ތާ ގެރިއެއް އޮތީތީ މަޑުމަޑުން

އިސްޖަހައިލައިފައި އިހަށް ކޮށްލީ ސަލާން
ވިސްނަމުން، ކޮށް އިޙްތިރާމް ވާހަކަ ފަށާން

ހާލު ބޮޑުދައިތާގެ ކިހިނެއްހޭ މިއަދު
ހާލު ރަނގަޅެއް ނޫން! އެ އަޑުގައި ހުށްޓެ ތަދު

އެބަ ދެއޭ އެހެނާ މިހެން ގަޑިތައް މަގޭ
ގެނބި މުސީބާތުގެ ކަނޑަށް މި ޙަޔާތް މަގޭ

ދިރިއުޅެން އެބަ! ދެން ބުނާނޭ ނެތް ބަހެއް
ހުރި ނަސީބޭ މީ ބުނާނީ ނެތި ފަހެއް

ވަންތަކުޅަދުންކަން ދެކެން ވާ ދޭހުގައި
ދެން މަ ލަޢުނަތް މީހުނަށް ނުލަފާ ނުބައި

ނިކަމެތީންނަށް ލިބި ނެތޭ ބާރެއް މި ތާ
މެކި ދަނީއޭ އެއް ގޮތަށް ފަތު އޮތް ގޮތާ

ކޮށްނުދޭން ވީ! މީހުނަށް އަދު ހެޔޮކަމެއް
ކޮށް މަމެން ދެއްވާށި ދުރު، ނެތި ގާތްކަމެއް

ދޭނެ ކިރު މަދުވީ؟ ނުވޭ ޝަކުވާ ހުހެއް
ރޫފަ ދެރަވީ؟ ލީ އެ ވިއްކައި ނެތި ލަހެއް

މަކަރުވެރި އެކި ގޮތްގޮތުން އަޅުވެތިކުރޭ
ފިކުރުކޮށްފައި ދޭ ކެހީން ހަންމަތަކުރޭ

ތިބި ދަރީން އޭނާގެ ބޮޑުކުރަނީ މަށޭ
ލިބިދެނީ ދިރުމާ ހަކަތަ ކިރު ދީ މަށޭ

ހެޔޮކަމަށް އަހަރެންގެ ލިބެނީ ތެޔޮހަމޭ
ރޮއި ދުޢާކޮށް މިންޖު އެދިގެން އެބަ ވަމޭ

ނިންމުމުން ވާހަކަ، ބަކަރި ފެށްޓޭ ބުނަން
ނޫން ރަނގަޅު، ޝަކުވާއެކޭ ތިޔައީ ކުރަން

ހަމަ ތެދެއް ހިތި އެއްޗެކޭ ތެދަކީ ބުނާ
ނަމަވިޔަސް ތެދު ބަސް ބުނާނަން ނުވެ މަނާ

ހުއިހަފާ ތާޒާ މި ބިން، ނަލަ ރޯޅިއާ
ހުއިތަކާ ފެހި ވިނަ، މި އޮތް ބޮޑު ފިނިހިޔާ

ކިހިނަކުން ހޯދީ އުފާ މި ކަހަލަ މަމެން
އަހަރެމެން މީ ކޮން ބައެއް ސުވަރުގެ ލިބެން

ހޯދުނީ މި އުފާ މިއަދު އެއުރެން ފުށުން
ހޯދުނީ މި އަރާމުތައް އެއުރެން ފުށުން

އަހަރެމެން އެއުރެން ފުށުން "މިނިހެޔޮ" މި ވީ
އަހަރެމެންނަށް ގައިދުހޭ ނޫންހޭ ހެވީ

ޖަންގަލީގައި ނެތް މަމެންނަށް ރައްކަލެއް
ދަންނަވަން މާތް ޙަޟްރަތުން އެދި ރައްކަލަށް

ހެޔޮކަމޭ ލިބިފައި ވަނީ އެއުރެން ފުށުން
ހެޔޮނުވޭ ތިބެގެން އަހަރެމެން ނެތިމޮށުން

ވިސްނެނީވިއްޔާ އަރާމުގެ އަގުކުރަން
ދަސްކުރޭ އެއުރެންގެ ޝަކުވާ ނުމެ ކުރަން

ލަދުގަތޭ ގެރި، ބަކަރި ބުނި ވާހަކަތަކުން
ތަދު ހިތަށް ލިބުނޭ ޝިކާޔަތު ކުރެވުމުން

އިސްޖަހައިލައި ހެޔޮނުބައި މިން ކޮށްލިއޭ
ވިސްނުމަށް ފަހު އިރުކޮޅަކު ގެރި ބުނެފިއޭ

ބަކަރި ކުޑައަސް ހަށިގަނޑުން ވުރެ އަހުރެނަށް
ބަކަރި ބުނި ބަސްތައް ވަދެއްޖޭ އަދު ހިތަށް

 

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.