...

Support Us

ކުރު ވާހަކަ: ސިންގާގެ ރަސްކަން

ޖަންގަލީގައި އެކިއެކި ޖަނަވާރުންނަށް އެކި ގޮތްގޮތުން ރަސްކަން ލިބެމުން އައިސް ސިންގާއަށް ރަސްކަން ލިބުނު ދުވަސްވަރެވެ. ހިތްތިރިކަމާއި އޯގާތެރިކަމާއެކު ސިންގާ ރަސްގެފާނު ރަސްކަން ކުރައްވާ ގޮތާމެދު ހުރިހާ ޖަނަވާރުން ވެސް ތިބީ ނުހަނު އުފަލުންނެވެ. ޢަދުލުވެރި ރަސްކަލެއްގެ ކިބައިން ފެންނާނެ ރިވެތި ހުރިހާ ސިފައެއް ސިންގާ ރަސްގެފާނުގެ ކިބައިގައި ހުއްޓެވެ.

އެއް ދުވަހަކު ހުރިހާ ޖަނަވާރުންނާ ރަސްގެފާނު ބައްދަލުކުރެއްވިއެވެ. މި ބޮޑު ޖަލްސާގައި ހުރިހާ ޖަނަވާރުން ތަމުސީލުކުރާނެ ޚާއްޞަ ކޮމެޓީއެއް އެކުލަވާލެއްވިއެވެ. ރަސްގެފާނު އެދިވަޑައިގެންނެވި ގޮތަށް އެ ކޮމެޓީން ހުރިހާ ޖަނަވާރުން ދިރިއުޅެންވީ ގޮތުގެ ޤާނޫނެއް ހެދިއެވެ. އެ ޤާނޫނުގައި ބުނެއެވެ. ހުރިހާ ޖަނަވާރުން ވެސް އުޅެންވާނީ ހަމަހަމަކަމާއި އިންސާފަށް ލޯބިކޮށްގެންނެވެ. އަނެކުންގެ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތައިގެންނެވެ.

ބުޅަލާއި މީދާ ވެސް، މިނިކާވަގާއި ފުއްލާ ވެސް ހިޔަޅާއި ކަންބަޅި ވެސް ސާރިދޯޅާއި މުސަޅު ވެސް އުޅެންވާނީ ސުލުހަވެރިކަމާއި އެކުވެރިކަމާއެކުގައެވެ. ކޮންމެ އަކަސް ހުރިހާ ޖަނަވާރުން މިގޮތަށް އެއްބަސްވެއްޖެއެވެ. ނިންމައިފިއެވެ.

މި ނިންމުން ނިންމުމާއެކު މުސަޅު މާނޭވާއެއް ލާފައި ބުންޏެވެ. "މިއަދަށް ޓަކައި ހާދަ ދިގު އިންތިޒާރަކާއި އުންމީދުތަކެއް ކުރެވިއްޖެއެވެ. މިއަދަކީ ޖަންގަލީގެ ބިޔަ، ވަރުގަދަ ޖަނަވާރުތަކަށް ބިރުން ފިލާން ދުވަން ނުޖެހި އަހަރެމެން ކަހަލަ ބަލިކަށި ނިކަމެތި އެއްޗެއްސަށް ވެސް މިނިވަންކަމާއެކު ބޭރަށް ނުކުމެލައި، ކައިބޮއި އުފާފާޅުކޮށް އުޅެވޭނޭ މަގުފަހިވި ދުވަހެވެ.

 * މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *