Support Us

ބަސްބަހުގެ ރަނގަޅު ނޫން އަސްލު

ވަރަށް ގިނަ ފަހަރު، ބަސްބަހުގެ އަސްލަކީ މިވެނި އެއްޗެކޭ ކިޔައި ހަދައިންގެ ވާހަކަ ދެކެވެއެވެ. މިސާލަކަށް އަޅުގަނޑުމެންގެ އިބުތިދާއީ މަދަރުސާގެ ދުވަސްވަރު، ނޫހުގެފާނުގެ ވާހަކަ ކިޔައިދެއްވަމުން، ދިވެހި މުދައްރިސު ވިދާޅުވިއެވެ. ނޫހުގެފާނުގެ ނާކޮޅުގައި އިބިލީސް ދާހިއްލާ ފޯވެފައި އިނެވެ. އަދި، ދާތައް ފައިބަމުން ދިޔައިރު، އޭނާގެ އަތުން ދާތައް ފޮޅަމުން ގެންދިޔައެވެ. އެ ވަގުތު އިބިލީސް ކުރެން އެހުނެވެ. އިބިލީހެވެ. ތިއުކަނީ ކޮން އެއްޗެއް ހެއްޔެވެ؟ ދެން އިބިލީސް ބުންޏެވެ. މީ ދަލެވެ!

ދެން، އިބިލީސްގެ ދާ ތިކިތައް ދިރި، އެއަށް 'މީދަލޭ' ކިޔުނެވެ! އާދެ، މީދާ އުފަންވީއެވެ!

މިކަހަލަ ގޮތްގޮތަށް ރަނގަޅު ނޫން ގޮތެއްގައި ބައެއް ލަފްޒުތަކުގެ އަސްލު ކިޔެއެވެ. މިސާލަކަށް 'ދީނާރު' މި ލަފްޒެވެ. މި ލަފްޒުގެ އަސްލަކީ 'ދީން' އަދި 'ނާރު' (އަލިފާން) ކަމުގައި ކިޔެއެވެ. ނަމަވެސް، ލިސާނު އަލްއަރަބި ފަދަ އެންމެ އިހުގެ އަރަބި ބަސް ފޮތްތަކުގައިވާ ފަދައިން، ދީނާރުގެ އަސްލު ގުޅެނީ އަރަބި ނޫން އަޖަމީ ބަސްބަހާއެވެ. ދީނާރު ނެގިފައިވަނީ ލެޓިންގެ ދިނާރިއަސް ނުންމުސް މިއިންނެވެ. މާނައަކީ 'ދިހަ ހިމާރާ އެއްވަރު' މިއެވެ. ދެނާރިޔަސްގެ ލަފްޒީ މާނައަކީ 'ދިހައެއް އޭގައި އެކުލޭވޭ' މިއެވެ. އިޓަލީ ބަހުގެ ދެނާރޯ، ފައިސާ، ގުޅެނީ ވެސް މި އަސްލާއެވެ.

ދިނާރިޔަސް ދެން ބަދަލުވެގެން ދިޔައީ ދާއިނާރު އަށެވެ. ދެން އެއަށް ފަހު، އަރަބިންގެ ތެރޭގައި އުމަވީ ޚަލީފާ އަބްދުލް މަލިކު ބިން މަރުވާނުގެ ޚިލާފަތުގައި ރަން ފައިސާ ފޮއްޗެއްގެ ގޮތުގައި ދީނާރު ޖަހަން ފެށުނީއެވެ. ރިހީގެ ފައިސާ ފޮއްޗަށް، ޔޫނާނީންގެ ބަހުން ނެގިފައިވާ ދިރުހަމު ކިޔުނެވެ. އަދުވެސް، ޔޫނާނުގެ ފައިސާއަށް ކިޔަނީ ދުރަޚްމާއެވެ.

ތިރީގައި އެވަނީ ބައެއް ބަސްބަސް ނުރަނގަޅު އަސްލުތަކާ ގުޅުވާލެވިފައިވާ މިސާލުތަކެކެވެ. އިނގިރޭސިއަކީ ދިވެހި ބަހުން އުފެދިފައިވާ ބަހެއްކަން ދައްކުވައިދޭ ހެއްވާ މިސާލުތަކެކެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

One Response

  1. ޢިލްމީ މަޢުލޫމާތުން މުއްސަނދި ނޫހެއް. އިސްލާމީ ތާރީޚާއި ދުނިޔަވީ މަޢުލޫމާތު ކިޔާހިތްވާ ގޮތަށް ގެނެސްދޭ ނޫހެއް. ފުންނާބު އުސް ބޭބޭފުޅުންގެ ލިއުއްވުން ތަކުން ދީނާއި ، ދުނިޔޭގެ ކަންކަމުގައި މީހާ އިސްލާޙުވުމަށް ، ހެޔޮގޮތަށް ބުރަވުމަށް މަގުފަހިވޭ. ދުވާލުގެ ބުރަ މަސައްކަތުން ނިމި އަރާމުކުރަން ލިބޭ ކުޑަ ވަގުތު ކޮޅުގައި މުނިފޫހި ފިލުވުމުގެ ލިއުންތައް ބަލާލުމުން ތާޒާވޭ. ސިޔާސީ ކަތި ނަޒަރު ވިސްނޭ. މިއަގުހުރި މަޢުލޫމާތު ލިއުއްވާ ބޭފުޅުންގެ ލިއުއްވުންތައް މަދުވަމުންދާ ކަން ފާހަގަވޭ. ނޫހުގެ ފަރާތުން މަސައްކަތް ކޮށްގެން ނަމަވެސް މިކަން ރަގަނޅު ކޮށްލެއްވިއްޔާ މިޝުކުރުވެރި ހިތުން ނޫހާއި މެދު އުފެދޭ ޝައުގު އެތައް ގުނައަކަށް އިތުރުވާނެ. ނޫހުގެ މަޤްބޫލުކަން އިތުރުވެ އެންމެ ކަމުދާ ނޫހަކީ މިނޫހަށްވެދާނެ. – ކިއުންތެރިއެއް-

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *