އިރުގެ ހޫނުން ދުނިޔެ ތާޒާ ކޮށްފިޔޭ ފިނި ފަތިހަކުން
ވިރުވަމުން ރިހިދޯދި ތައް ލޮނުގަނޑުމަތީ އެކި ކުލަތަކުން
ދޫނިތައް ނަލަ ރާގުތައް އިއްވައި ވަށައިގެންއުދުހެމުން
ތޫނު ނަޒަރުން ހޯދަނީ ދުވަހުގެ ރިޒުގު ކަނޑުފަޅުތަކުން
ތަރި ތަކާ އިރު ހަނދު އެ ލެއްވެވި މާތް އިލާ ހުގެ ރަޙްމަތުން
ބަރިއަކަށް މާތައް އެތުރިފޮޅެމުން ދަނީ ޤުލްޝަންތަކުން
ދެއްވި ނިޢުމަތުގައި ޒިކުރުކޮށް މާތް އިލާހަށް ޝުކުރުކޮށް
އެއްމެހައި ކުށް ފާފަދޫކޮށް ވީ ހިނގަން ތެދު މަގުތަކުން
އުދަރެހުން ހުދު ކަފަވިލާތައް ގުދުވެ ބޮސްދީ އުދުހެމުން
އުދަވެ އިރުަހަނދު ދައުރުވާ ކަން އަންގަނީ އެކި ކުލަތަކުން
ކައުނުގައިވާ ކޮންމެ ދިރުމެއް އުނގެނުމީ ލާޒިމު ކަމެއް
ލައުޙުގައި ވީ ލިއެވި ނިމިފައި ބަދަލު ނުމެވާ ދެއްޔަކުން
