ތިޔަ ނަޒަރުގައި ވާ ތޫނުކަން މިޔަ ތޫނު ޚަންޖަރެއް ފަދައިން
ޅިޔަ އެޅި ޒަޚަމް ކޮށްފިޔެ މިހިތް ފަރުވާ ނުވާ ބައްޔެއް ފަދައިން
ތިޔަ އަސަރުގައި ރޭގަނޑުގެ ނިދި ވީގެއްލިފައި ދެލޮލުން މަގޭ
ހިޔަ އަހަރު ވިއަކަަސް ނެތި އަރާމެއް އޮއިދެމޭ ކޯރެއް ފަދައިން
ނުފިލާނެ ފަދަ ރަން ދެއްޔަކުން ހިތުގައި ކުރެހި ތަސްވީރުތައް
ނުފިލާނެ ކަން އަންގައި ދެނީ ފަރުހާދު އާ ޝީރީނު ފަދައިން
މިނިވަން ކަމާ އެކުގައި މިހިތް އުދުހުނު އެނަލަ މާޒީތެރޭ
މިނިވަން ކަމެއް ނެތި ޤައިދުވީ ތިޔައަތުތެރޭ ދޫންޏެއް ފަދައިން
ޢުމުރަށް އަތުން ދޫކޮށް ނުލާން ވަޢުދާ ހުވާތައް ކުރި އަކަސް
ޢުމުރަށް ވަދާއުގެ ހިތި ސަލާމް ނޫންހޭ ކުރީ ޒަހަރެއް ފަދައިން
ޖައްވާ ފަޒާގައި އުދުހެމުން ދިންލޯބި އަދު ނެތިގެންދިއަސް
ހައްގާއި ބާޠިލް ވަކިވުމޭ އެދެނީ ދުނިޔެ ދެއްކެވި ފަދައިން
