...

Support Us

ކުރު ވާހަކަ: އިމްތިހާނު ކޮށްލުމެއް

ފިރިހެނަކު މަގުމަތީ ހިނގަމުން ދަނިކޮށް، އޭނާގެ ނަޒަރު އަންހެނެއްގެ މައްޗަށް ހުއްޓުނެވެ. އޭނާއަށް އެކަނބުލޭގެ ރީތިވެ، އޭނާއާ ވާހަަކަ ދައްކާލަން ބޭނުންވިއެވެ. ދެން، އެކަނބުލޭގެ ގާތަށް ގޮސް ބުންޏެވެ.

ފިރިހެން މީހާ: އަހަންނަށް ކަނބުލޭގެ ވަރަށް ރީތިވެ، ކަނބުލޭގެއާ ގަޔާވެ، ފުރަތަމަ ނަޒަރުން ކަނބުލޭގެ ދެކެ ލޯބިވެވިއްޖެއެވެ. އަހަރެންގެ މުޅި ނަފްސުގައި މިހާރު ވަނީ ކަނބުލޭގެ ޚިޔާލެވެ. އެހެން އެއްވެސް ފިކުރެއް އަހަރެންގެ ނެތެވެ. އަހަރެން މިހުރީ، ކަނބުލޭގެ ރުހިއްޖެ ނަމަ، ކަނބުލޭގެއާ އެކު އަހަރެންގެ މުޅި ހަޔާތް ވޭތުކޮށްލަން ތައްޔާރަށެވެ!

އަންހެން މީހާ: ކަލާގެ މުޅި ނަފްސުގައި އަހަރެންވެ، ކަލާގެ ހިތް އަހަންނަށް ތިފަދަ ގޮތެއްގައި ހިބައިން ދޭން ތައްޔާރަށް ހުރި ކަމުގައި ވަނީ ނަމަ، އަހަރެންގެ ހިތާއި ހަށިގަނޑު ކަލާއަށް ހިބަކޮށްދީ ކަލާއާ ގުޅެން އަހަރެން ވެސް މިހުރީ ހަމަ ތައްޔާރަށެވެ. ނަމަވެސް، އެއް ވާހަކަ އަޑުއަހާލާށެވެ. ކަލާގެ ނަޒަރު އަހަރެންގެ ރީތި ކަމަށް ހުއްޓުނު ކަމުގައި ވަނީ ނަމަ، އަހަންނަށް ވުރެ މާ ރީތި އަހަރެންގެ އެއްބަނޑު އެއްބަފާ އުޚުތަކު ހުރެއެވެ. ކަލާއަށް އޭނާ ފެނިއްޖެ ނަމަ ވާނީ ކިހިނެެއް ބާވައޭ ހިތަށް އަރައެވެ!؟

ފިރިހެން މީހާ: އޭނާ ކޮބައި ހެއްޔެވެ؟

އަންހެން މީހާ: ކަލާގެ ފަހަތް ބަލާލަ ބަލާށެވެ! އަހަރެންގެ އުޚުތު އަންނަތަން ފެންނާނެއެވެ.

ދެން ފިރިހެން މީހާ އަވަސްވެގަނެ، ފަހަތަށް އެނބުރި ބަލައިލިއެވެ. އެ ވަގުތު، ފިރިހެން މީހާގެ ކޯތާފަތް މަތީ، އަންހެން މީހާއަށް ޖެހުނުހާ ބާރަށް ޖެއްސެވެ. އަދި، ބުންޏެވެ. ކަލޭ އަހަރެން ދެކެ ލޯބިވެ، ކަލޭގެ މުޅި ނަފްސު އެކަމުގެ ތެރެއަށް ގެނބިގެންދިޔަ ނަމަ، ޖޫލިޔަޓު ނޫން އެހެން މީހަކާ ދިމާއަށް ރޯމިޔޯ ބަލަން ބޭނުން ނުވި ފަދައިން، ކަލޭ ވެސް އަހަރެން ނޫން އެހެން އަންހެނަކާ ދިމާއަށް ބަލާކަށް ބޭނުން ނުވީހެވެ! ދެން ވެސް، ލޯބީގެ އެދުމާއި ޝަހުވަތުގެ އެދުން އޮޅުވާނުލަން، މި ޖެހިޖެހުން ކަލެއަށް ހަނދާންކޮށްދޭނޭ ކަމަށް ހީކުރަމެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.