Support Us

ފިނިފެންމަލުގެ ވާހަކަ

އޭގެ ކައިރިންދާ މީހާ އެއާ ދެކެނީ ކިހިނެއްތޯ ބަލާކަށް ފިނިފެންމާ ނޫޅެއެވެ. އޭނައަށް އަހަރެން ފެނުނު ބާވައެވެ؟ ނޫން ނަމަ އޭނަގެ ލޮލުގައި އަހަރެން އަޅައިނުގަތީ ބާވައެވެ؟ ނޫން ނަމަ، އޭނާއަށް އަހަރެން ރީތިވި ހެއްޔެވެ؟ ނޫން ނަމަ، އޭނާގެ ނަޒަރުގައި އަހަރެން ހުތުރު ހެއްޔެވެ؟ މިފަދަ ސުއާލުތަކެއް ފިނިފެންމަލެއް ނުކުރެއެވެ. ނަމަވެސް، ފިނިމެންމާ ޔަގީންކުރަނީ އެއީ ފިނިފެންމަލެއް ކަމެވެ. މަލުގެ ރާނީކަމެވެ! އެހެންވެ، އެ ގޮފިކޮޅެއްގައި ފިނިފެންމާ އިން ގޮފިކޮޅެއް ޒީނަތްތެރިވެ، ރީތިވެއެވެ. އެ ތަނެއްގައި ފިނިފެންމާވީ ތަނެއްގައި މީރު ވަސް ދުއްވާލައެވެ!

އާދެ، ފިނިފެންމާ އެއާ މެދު އެހެން މީހުން ދެކޭ ގޮތުގެ މައްޗަށް ވިސްނައި ފިކުރު ނުކޮށް، އެއިން ތަނެއް ޒީނަތްތެރިކޮށް އެތަނުގައި މީރު ވަސް ދުއްވާލާ ފަދައިން ކަލޭވެސް ކަލޭ އިން ތަނެއް ޒީނަތްތެރިކޮށް އެތަނެއްގައި މީރު ވަސް ދުއްވާލައި، ފިނިފެން މަލެއް ފަދައިން ވާށެވެ!