Support Us

ފިރިހެނުންގެ ހިތުގެ ސާބިތުކަން: ޅެން ބައިތަކާއި އޭގެ މާނަކޮށްލުމެއް

نَحْنُ الرِّجَالُ إِذَا عَشِقْنَا لَمْ نَخُنْ

لَكِنَّنَا عِنْدَ النِدَاءِ نُجِيبُ

فَالقَلْبُ مَفْتُوحٌ لِكُلِّ نَزِيلَةٍ

تَبْغِي الإِقَامَةَ وَ المَكَانُ رَحِيبُ

އަހަރުމެން ފިރިހެނުން [މީހަކު ދެކެ] ލޯބިވެއްޖެ ނަމަ، ޚިޔާނަތްތެރިވެ، [ބޭވަފާތެރިއެއް] ނުވަމެވެ!

ނަމަވެސް، [އެހެން ކުއްޖަކު ގޮވާލުމުން، އެ ގޮވާލުމަށް] އަހަރުމެން އިޖާބަދީފާނެއެވެ!

އެހެނީ ހިތް އޮންނަނީ، އެ ހިތަށް ފައިބަން ބޭނުން ކޮންމެ އަންހެން ކުއްޖަކަށް ވެސް، ހުޅުވިފައެވެ.

[އެހިތަށް ފައިބައި] އެ ހިތުގެ ތެރޭގައި ގާއިމުވެ، އިންނަން [ބޭނުންވާއެވެ.!] އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟ [އަހަރުމެންގެ] ހިތުގެ ތެރޭގައި [އެތައް ކުދިންނެއް ތިބުމުގެ] ތަނަވަސްކަން [އެ ހިތަށް] ލިބިގެން ވެއެވެ!