...

Support Us

ކުރު ވާހަކަ: މަސް ރޮށީގައި މަސް ހުރުން

އެއްދުވަހު، ބައްޕަގެ ދަރިފުޅު މަސް ރޮށްޓެން ބޭނުން ވެގެން، ކުއްޖަކު ފޮނުވައިގެން ދަރިފުޅަށް މަސްރޮއްޓެއް ގަނެދެއްވިއެވެ.

މަސްރޮށި ފަޅާލާފައި ދަރިފުޅު ބައްޕައަށް ނަންގަތެވެ. މީގައި މި އޮތީ ހުސް މަހެވެ. އަޅުގަނޑު މިކާނީ ކިހިނެއްތޯއެވެ؟

ދެން ބައްޕަ ވެސް ހައިރާންވެލެއްވިއެވެ. އަދި މަސްރޮށީގައި މަސް ހުރޭހޭ ބުނުއްވައި ސުއާލުކުރެއްވިއެވެ! ދެން ރުޅިދުރުވެ، މަސްރޮށި ހިފައިގެން މަސްރޮށި ވިއްކި ސައި ހޮޓަލަށް ދުރުވިއެވެ. އަދި، މަސްރޮށި ބޭނުންވެނުލައްވާ ވާހަކަ ވެސް ސޭޓު ގާތު ބުނުއްވިއެވެ.

ދެން، ބައްޕައަށް ސޭޓު ނަންގަތެވެ. "މަސް ރޮށި އަނބުރާ ތި ގެންނެވީ ކީއްވެތޯއެވެ؟ މަހުގައި ނުރަނގަޅު ރަހައެއް ހުރީތޯއެވެ؟"

ދެން ބައްޕަ ބުނުއްވިއެވެ. "ނޫން ނޫނެކެވެ! މި މަސްރޮށީގައި ހުރީ ހުސް މަހެވެ. އެއީ މަސްރޮށި ހުންނަ ގޮތެއް ނޫނެވެ! މަސްރޮށީގައި މަސްހުރުމުން، އަހަރެންގެ ދަރިފުޅަށް މަސްރޮށި ކެވޭ ގޮތެއް ނުވިއެވެ!"

ދެން ސޭޓަށް ބުނާނެ އެއްޗެއް ނޭނގި އަނގަ ހުޅުވިފައި އިނެވެ. އަދި އިރުކޮޅެއް ފަހުން ބުނެވުނެވެ. ބައްލަވާ ކޮންމެ މީހަކަށް ވެސް ބުއްދި ހަމަ ނުވާ ސޭކަކަށް ވުމުގެ ހައްގު އޮވެއެވެ. ނަމަވެސް، އެންމެންގެ ކުރިމަތީ އެކަން ސާބިތުކޮށްދޭން އުޅޭކަށް ނުޖެހެެއެވެ. މިހާރު ހާދަ ގިނައިން މަސްރޮށީގައި މަސްހުރުމުގެ މައްސަލަތަށް އެބަ ނުކުމެއެވެ.

ދެން ބައްޕަ ބުނުއްވިއެވެ؟ އެހެން ހެއްޔެވެ؟ ހަމަ އެހާ ގިނަ މީހުން މަސްރޮށީގައި މަސް ހުރެގެން ޝަކުވާ ކުރަނީ ހެއްޔެވެ؟

ސޭޓު މައްސަލަ އިތުރަށް ތަފްސީލު ކޮށްދިނެވެ. މުޅިއަކުން އެހެންނެއް ނޫނެވެ! ނަމަވެސް ހަމަ އެފަދަ ވާހަކަތަކެވެ! މި ބުނަނީ މަސްރޮށީގައި މަސް ހުރުމަކީ ގޯސްކަމެއް ކަމަށް ދެކޭ ފަދަ މަންތިގީ، ބުއްދީގެ، ހަމައިގެ ވާހަކަތައް ގިނަވާ ވާހަކައެވެ! އަޑު އިވޭ ދެތިން މިސާލެއްގެ ވާހަކަ ބުނެފާނަމެވެ. އިންޑިޔާ ކަނޑުގައި ރާއްޖެ އޮތުމުން، ރާއްޖޭގައި އިންޑިޔާ ސިފައިން ތިބެން ޖެހޭ ވާހަކައެވެ. ރާއްޖޭގެ ސިފައިންގެ ބަޔަކު އިންޑިޔާއަށް ގޮސް ޗުއްޓީއެއް ހޭދަކޮށްލުމީ ވެސް ރާއްޖޭގެ ސިފައިން އިންޑިޔާގައި ގާއިމުވެ ތިބޭ ކަމުގެ ވާހަކައާއި އެކަން ރާއްޖޭގައި އިންޑިޔާގެ ސިފައިން ތިބެން ޖެހުން ލާޒިކުރާ ވާހަކައެވެ. ރާއްޖޭއިން އިންޑިޔާ ސިފައިން ބޭރުކޮށްފި ނަމަ، ރާއްޖޭގެ ބާޒާރުގައި ފިޔައާއި އަލުވީގެ އަގުބޮޑުވާނޭ ކަމެވެ. އަދި، ހަނޑު ހަކުރު ފުށް ފަދަ ކާޑުގެ ބާވަތްތައް ރާއްޖެއިން ނުލިބޭނޭ ކަމެވެ! އިންޑިޔާގެ ސިފައިން ރާއްޖެއިން ފައިބާށޭ ބުނެފި ނަމަ، އެކަން ވައްކަން ކުރުމާއި ފަސާދަ ހިންގުމާއި މީހުން މެރުން ފަދަ ޖަރީމާއަކަށްވާ ވާހަކައެވެ!

ދެން ބައްޕަ ބުނުއްވިއެވެ! ތީ ހަމަ ހައްތަހާ ވެސް ބުއްދި ގަބޫލުކުރާ ކަހަލަ ވާހަކަ ނޫން ހެއްޔެވެ؟ ތިކަންކަމުގައި މަންތިގީ ހަމަތަކާއި ޚިލާފު އެއްވެސް ކަމެއް އޮތް ކަމަކަށް އަހަރެން ނުދެކެމެވެ!

ދެން ސޭޓު ނަންގަތެވެ. އަޅުގަނޑު ވެސް މި ނަންގަންނަނީ ހަމަ ތި ވާހަކައެވެ. މަސްރޮށީގައި މަސްހުރުން މައްސަލައަކަށްވާ މަންތިގާ ހަމަ އެއްފަދަ ވާހކައެވެ. މަސްރޮށީގައި މަސް ހުރުން މައްސަލައަކަށްވުމީ މަންތިގީ ވާހަކައަކަށްވާ އިރު، މި ނަންގަތް ކަންކަން ވެސް ހަމަ މަންތިގީ ބުއްދީގެ ހަމަތަކާ ފުށުއަރާނޭ ކަންކަމަކަށް ނުވާނެ ވާހަކައެވެ. ދެން އިވޭނީ މިފަދަ މަންތިގު ގަބޫލުކުރާ އެންމެންނަކީ ވެސް ކަނޑު މަހާއި، ގޮދައާއި ލައްޓިއާި ރާނގޮޑިއާ އެއްފަަދަ ބައެކޭ ބުނާ އަޑެވެ.

އެހެންވާން ޖެހޭނީ ކީއްވެ ހެއްޔެވެ؟ ބައްޕަ އެއްސެވިއެވެ.

ދެން ސޭޓު ނަންގަތެވެ. މަސްވެސް ހުސްބުޅީގައި ގަނޭ ނޫން ހެއްޔެވެ؟ މިނަންގަތް ކަހަލަ ވާހަކަތައް އަހައި އެވާހަކަތައް އެއީ ބުއްދީގެ ހަމަތަކުގެ ވާހަކައެއްކަން އަހަރުމެން މިހާރު ގަބޫލުކުރަމު ނޫން ހެއްޔެވެ؟ މަނިކުފާނުތީ އެކަމުގެ ދިރިހުރި ހެއްކެކެވެ.

ބައްޕަ: ތީ ވެސް ހަމަ ރަނގަޅު ވާހަކައެކެވެ. މާގިނައިން މަސްކާކަމަށް ވަންޏާ މަހަށް ވާ ގޮތެއް ވެދާނެ ކަމީ ބުއްދި ގަބޫލުކުރާ ކަމެކެވެ. މަސް ހުސްބުޅީގައި ގަންނަ ކަމަށް ވަންޏާ އަހަރުމެން ވެސް ހުސްބުޅިގައި ގަންނާނެ ނޫން ހެއްޔެވެ؟

އެހެން ބުނެ، މަސްރޮށިތައް ސައިފިހާރައިގައި ބަހައްޓަވާފައި ބައްޕަ އެނބުރި ގެއަށް ދުރުވިއެވެ. ދަރިފުޅު ބުނާ ވާހަކައަކީ ބައްޕައަށް ހަމަޖެހޭ ވާހަކައެކެވެ! ޕާޓީގެ ވާހަކައަކީ ޕާޓީ މީހުންނަށް ހަމަ އެންމެ ރަނގަޅު ވާހަކައެކެވެ. ރޭގަނޑަކީ ދުވާލޭ ދުވާލަކީ ރޭނގަނޑޭ ބުންޏަސް ވެހެވެ!