...

Support Us

އެފްރިކާގެ ހަރުބަސްކޮޅެއް

  1. ކާމިޔާބުވުމަށް ވުރެ ނާކާމިޔާބުވުމުން ދަސްވާ ކަންކަން ގިނައެވެ.
  2. ހިކުމަތްތެރިކަމަކީ ޚަޒާނާއެކެވެ.
  3. މަގު ގެއްލި ދިޔުމުގެ މާނައަކީ މަގު ދަސްވުމެވެ.
  4. އެއާ ގަޔާވެ، އެއަށް ތައުރީފު ނުކުރުމަކުން އަލިމަހުގެ އަގުވެއްޓިގެން ނުދެއެވެ.
  5. ތެދުވެރި، އިޚުލާސްތެރި ރަހުމަތްތެރިންނާ އެކުގައި ބޯލެވޭ ހުސް ފެންތައްޓެއްގައި ވެސް ފޮނި ރަހަލައެވެ.
  6. ފައިސާއާއި މުދަލަކީ އެ ބޭނުން ކުރުމުން ހުސްވާ އެއްޗެކެވެ. ނަމަވެސް އިލްމަކީ އެ ބޭނުން ކުރިވަރަކަށް އިތުރުވާ އެއްޗެކެވެ.
  7. ހުތުރު މީހާއަށް ރީތި އަޚުލާގެއް ލިބިފައިވާ ނަމަ، އޭނާ ރީތިވެއެވެ. ރީތި މީހާގެ އަޚުލާގު ގޯސް ވެއްޖެ ނަމަ އޭނާ ހުތުރުވެދެއެވެ.
  8. ހަޔާތުގެ މަގުގައި ހިނގަމުންދާ އިރު، ރީތި އެތައް މަލެއް ފޮޅިފައިވާ ތަން ފެނެއެވެ. އަދި، އޭގެ ތެރެއިން އެންމެ ރީތި މަލުގައި އެންމެ ތޫނު ކަށި ހުންނަތަން ވެސް ފެނެއެވެ.
  9. ބަލާލަން ނުކުރޭ މީހާ ދެކެ ލޯބިވާ މީހާ، އެ މީހާ ރީތި މީހަކަށް ހަދާލައެވެ.
  10. ޅަފަތުގައި އިރުޝާދު ދިނުން ހިލައިގައި ކޮނެ ބިންވަޅު ނެގުން ފަދައެވެ.
  11. ރާމާމަކުނަކާ، އޭތި އަތުގައި އޮތް ފައިސާއަކާ ހެދި ކައިވެނިކޮށްފި ނަމަ، ދާދި އަވަހަށް އެ ފައިސާ ހުސްވެދާނެއެވެ. ނަމަވެސް، މަކުނު މަކުނުގެ ގޮތުގައި، އެއްވެސް ބަދަލެއް ނައިސް، ހުންނާނެއެވެ.
  12. ކޯރުގެ އައްސޭރި ފަށުގައި މީސްތަކުންނަށް ބަދުބަސް ބުނެ ވާހަކަ ދައްކާ ނަމަ، ބޮއްތަކަށް އަޑުއިވޭނެއެވެ.
  13. ކަލެއަކީ ބަދަލެއް ގެނެވޭ ވަރަށް ވުރެ މާ 'ކުޑަ' މީހެއް ކަމުގައި ދެކޭ ނަމަ، މަދިރިއަކާ އެކު ރެއެއް ހޭދަކުރެވިފައި ކަލެއަކަށް ނުވެއެވެ.
  14. ލޯތްބަކީ ތުއްތުތުއްތު ކުއްޖެއް ފަދަ އެއްޗެކެވެ. އެ ގެންގުޅެން ޖެހޭނީ ވަރަށް ވެސް ބަލައިގެންނެވެ.
  15. ރަހުމަތްތެރިއަކީ ކަލޭގެ ހިތުގެ ލަވަ އެނގޭ މީހާއެވެ. އަދި ކަލޭ ހަނދާން ނެތުމުން، ކަލެއަށް އެލަވަ އޭނާ ކިޔައިދެއެވެ.
  16. ކަލޭގެ ހިތް ބޮޑާކަމާއި ކިބުރުވެރި ކަމުން ފުރާލައިފި ނަމަ، އެ ހިތުގައި ހިކުމަތްތެރިކަމަކަށް ޖާގައެއް ނޯންނާނެއެވެ.
  17. އަަވަހަށް ދާން ބޭނުން ނަމަ އެކަނި ދާށެވެ! ދުރަށް ދާން ބޭނުން ނަމަ، ޖަމާއަތަކާއެކު ދާށެވެ!
  18. މުސްކުޅިއަކު މަރުވެއްޖެ ނަމަ، އޭނައާ އެކު ލައިބުރަރީއެއް އަނދައި ހުލިވެދެއެވެ.
  19. އަހަރުމެންގެ ދަރިންނަށް ދެ ކަމެއް ފޯރުކޮށްދޭން އަހަރުމެން ބޭނުން ވެއެވެ. އެމީހުންގެ އަސްލަކީ ކޮބައިކަމާއި އެމީހުން އުދުހިދާން ދެ ފިޔައެވެ.
  20. ކަނޑިއަކުން ކެނޑި ފާރުވާ ތަނަކަށް ވުރެ، ބުނެވޭ ބަހަކުން ކެނޑި ފާރުވާ ތަން މާ ގޯހެވެ. އެހެނީ ކަނޑީގެ ފާރުގަނޑު ފަސޭހަވެދާނެއެވެ. ނަމަވެސް، ބުނެވެ ބަހަކުން ކެނޑި އުފެދޭ ފާރުގަނޑު ފަސޭހައެއް ނުވާނެއެވެ.
  21. ކުކުޅު ފަހައި ދުވާ ކޮންމެ މީހަކަށް ކުކުޅެއް ނުހިފެއެވެ. އެހެން ވިޔަސް، ކުކުޅު ހިފޭ މީހާ ކުކުޅު ފަހައި ދުވިއެވެ.
  22. ސޭކު މީހާ ވާހަކަ ދައްކައެވެ. ބުއްދިވެރިޔާ ވާހަކަ އަޑުއަހައެވެ.
  23. އަމަލުތަކުގެ ރީތިކަން ފިޔަވައި އެހެން ރީތިކަމެއް ނޯވެއެވެ.
  24. ތުއްތު ކުއްޖާ ކޮޅަށް ހުންނަން ދަސްކުރަނީ ފިރުކިފައެވެ.
  25. ބާރުވެރިކަން އެކުވެރިވެ އެކުވުމުގައެވެ. ވަކިވެ ބައިބައިވުމުގައި އޮންނަނީ ބަލިކަށިވުމެވެ.
  26. ކުޑަ ކުއްޖާ ބިހެއް ވަގަށް ނަގައިގެން ގެއަށް އަންނަ ދުވަހު، އެކުއްޖާއަަށް އަދަބު ދޭން ޖެހެއެވެ. އެހެން ނުހަދައިފި ނަމަ، އޭނާ ބޮޑުވެ، ގިތެލެއް ވަގަށް ނަގައިން ގެއަށް އަންނަ ދުވަހު އޭނާއަށް އަދަބު ދިނުން އޮންނާނީ މާ ލަސްވެފައެވެ.
  27. މޮޔަ މީހަކު ނައްޓުވަން ބެރު ޖަހާ މީހާ، އެ މޮޔަ މީހާއަށް ވުރެ ވަކި އޭނާގެ ބޯ ހަމައެއް ނުޖެހެއެވެ.
  28. ފިރިހެން ކުއްޖަކަށް ކިޔަވައިދީފި ނަމަ، އެ ކިޔަވައި ދެވުނީ އެއްމެ ކުއްޖަކަށެވެ. ނަމަވެސް، އަންހެން ކުއްޖަކަށް ކިޔަވައިދީފި ނަމަ، އެ ކިޔަވައިދެވުނީ އާއިލާއަކަށެވެ.
  29. ބާރުގެ ބޭނުން ކުރަން އަވަސްވެގަންނަ މީހާ، އޭނާގެ ބުއްދި ބޭނުން ކުރަން ބިރުގަނެއެވެ.
  30. ކުޑަ ކުދިންގެ ހުނުމުން ގޭތެރެ ދިއްލައި އަލިކޮށްލައެވެ.
  31. ކަލޭގެ ކާފަ ކިތަންމެ ދިގު ކަމަށް ވިޔަސް، ކަލޭ އަމިއްލައަށް ކަލޭ ބޮޑުވާން ޖެހެއެވެ.
  32. އޭނަގެ ދެ ފައިން، ކޯރުގެ ފުންމިން ބަލާނީ ހަމަ ބޮޑު މޮޔައެކެވެ.
  33. އެހެން މީހުންނަށް ގެއްލުންތައް މެދުވެރިކުރުވާ މީހާ، އެމީހުންނަށް އޭނާ ހިކުމަތްތެރިކަން ވެސް ދަސްކޮށްދެއެވެ.
  34. ގަސް ކަނޑަން ދަސްވާނީ ގަސް ކަނޑައިގެންނެވެ.
  35. ކަލޭގެ ދުޝްމަނާއެކު ރޭކުރާ އަންހެނާއަށް ފަހަރެއްގައި ވެސް އިތުބާރުކޮށްގެން ނުވާނެއެވެ.
  36. ގާތް ތިމާގެ މީހުން އެކަކު އަނެކަކަށް އެހީވާ ނަމަ، އެމީހުންނަށް ގެއްލުން ދޭނޭ ކަމެއް ނޯންނާއެވެ.
  37. ހަޔާތް ދޭ އިނާމަކީ ދަރިންނެވެ.
  38. ސިންގާއެއްގެ ވެރިކަމުގެ ދަށުގައި އޮންނަ ކަންބަޅީގެ ލަޝްކަރު، ކަންބަޅިއެއްގެ ވެރިކަމުގެ ދަށުގައި އޮންނަ ސިންގާއިންގެ ލަޝްކަރު ބަލިކުރެއެވެ.
  39. ޖަންގަލީގެ މަގުތައް، މުސްކުޅި ގޮރިއްލާއަކަށް ދަސްކޮށްދޭކަން ނުޖެހޭނެއެވެ.
  40. ނިދާފައި ތިބޭ އަންހެނުން ހޭލުމުން، ފަރުބަދަތައް ވެސް ގުޑުވާލައެވެ.
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.