Support Us

ކުރު ވާހަކަ: ސިޔާސީ ދެ ވާދަވެރިން

އެއް ދުވަހަކު، ސިޔާސީ ދެ ވާދަވެރިން ބޯކޮށަންވެގެން ބޯކޮށާ ތަނަކަށް އެއްފަހަރާ ދެވުނެވެ. ބޯކޮށާ ތަނުގެ މީހުންނަށް އެއީ ކޮން ބައެއްކަން އެނގުނެވެ. އެހެންވެ، އެމީހުން ގަސްދުކުރީ އެއްގޮތަކަށް ވެސް ސިޔާސީ ވާހަކައެއް ނުދައްކާށެވެ.

ކޮންމެއަކަސް، ބޯކޮށުމަށްޓަކައި، ޖެހިޖެހިގެން ހުރި ދެ ގޮނޑީގައި އެ ދެމީހުން އިށީނެވެ. އަދި، އެއްވެސް ވާހަކައެއް އެކަކު ވެސް ނުދައްކައި، ބޯކޮށާ ނިމެންދެން ދެމީހުން ވެސް މަޑުން ތިއްބެވެ.

ބޯކޮށާ ނިމުމުން، އިސްތަށިތައް ސާފުކޮށްލުމަށް ފަހު، ބޯކޮށާ މީހާ، ޒުވާންކޮށް ިއިން ސިޔާސީ މީހާ ކުރެން އަހާލިއެވެ. މި ސެންޓުފުޅިން ސެންޓުކޮޅެއް ޖަހައި މީރުވަސް ދުއްވާލިޔަސް އެންމެ ރަނގަޅު ހެއްޔެވެ؟

ސެންޓުގެ ވަސް ބަލާލައިފައި، ޒުވާން ސިޔާސީ ވެރިޔާ ބުންޏެވެ. ނޫނެކެވެ. މި ސެންޓު ޖެހުން ރަނގަޅެއް ނޫނެވެ. ސަބަބަކީ ތި ސެންޓު ޖަހައިގެން އަހަރެން ގެއަށް ހިނގައްޖެ ނަމަ، އަހަރެންގެ އަންހެނުން އަހާނީ ތިޔައައީ ނާސިގެއަކުން ހެއްޔޭއެވެ. މުޅި ގައިން ދުވަނީ ނާސިގެތަކުގެ ކުދިން ޖަހާ ސެންޓު ވަހެވެ.

ދެން، އަނެއް ގޮނޑީގައި އިން ދުވަސްވީ މީހާކުރެން، އޭނާގެ ބޯކޮށާ ނިމުމުން ހަމަ އެ ސުއާލު ކޮށްލިއެވެ. މި ސެންޓުފުޅިން ސެންޓުކޮޅެއް ޖަހާލައި މީރު ވަސް ދުއްވާލިޔަސް އެންމެ ރަނގަޅު ހެއްޔެވެ؟

ދެން، އެއްވެސް އިތުރު އެއްޗެއް ނުބުނެ، އޭނާގެ ވާދަވެރިޔާއާ ދިމާއަށް ގަޅިއެއް އެއްލުމުގެ ރަނުގެ މި ފުރުސަތު ބޭނުން ކުރުމުގެ ނިޔަތުގައި، ދުވަސްވީ ސިޔާސީ މީހާ ބުންޏެވެ. އާނއެކެވެ. ތި ފުޅިން ސެންޓުކޮޅެއް ޖަހާލައި މީރު ވަސް ދުއްވާލާށެވެ. އަހަރެންގެ އަންހެނުންނަކީ ކަސްބީގޭގޭގައި މަސައްކަތްކޮށް އުޅުނު މީހެއް ނޫނެވެ. އެ ތަންތަނުގެ ކުދިން ޖަހާ ސެންޓާއި އެ ތަންތަނުން ދުވާ ވަހެއް އޭނާއަކަށް ނޭނގޭނެއެވެ. އެހެންވީމާ ތިޔައީ މައްސަލައެއް އޮތް ކަމެއް ނޫނެވެ!