Support Us

ކޮލަމް: ދިނަށަ

"އަންހެން ކަނބަލުން" އެއީ ކޮންބައެއް؟

ދިވެހިބަސް ބޭނުންކުރާ ހަމަތައް އޮޅެމުންދާ ދިއުމުގެ ތެރެއިން ކަލުންނާއި ކަނބަލުން މި ދެ ލަފުޒު ކުރިޔަށް ގުޅުވައިގެން ލިޔެފައި ހުންނާތީ އެބަ ފެނެއެވެ. އެކަމަކު، ކަލުންނާއި ކަނބަލުންނަކީ އެ ދެ ލަފުޒުގައި ޖިންސު ހިމެނޭ ދެ ލަފުޒެވެ. އެފަދަ ޖިންސު ބަޔާންވެގެންވާ ލަފުޒުތަކުގެ ކުރިޔަށް ނުވަތަ ފަހަތަށް ނޭނގުމުގެ ސަބަބުން ބައެއް މީހުން ޖިންސު ގުޅުވައިގެން ލިޔުނެއް ކަމަކު އެއީ، އައިބު ގޮތެކެވެ.

އެހެނީ، ފިރިހެން ބޭކަލުން، އަންހެން ކަނބަލުން މިހެން ލިޔުމަކީ އައިބު ގޮތްގޮތް ކަމަށް ވާތީއެވެ. ސަބަބަކީ، ކަލުންނަކީ ފިރިހެން ޖިންސުގެ ލަފުޒަކަށްވެފައި، ކަނބަލުންނަކީ އަންހެން ޖިންސުގެ ނަމަކަށް ވާތީއެވެ. އެހެންކަމުން، އެފަދަ ލަފުޒުތަކުގެ ކުރިޔަށް ނުވަތަ ފަހަތަށް ޖިންސު ގުޅުވުމަކީ އަންހެން ކުކުޅެއް، ފިރިހެން ހާލެއް، މިގޮތަށް ބޭނު ކުރުން ފަދަ އައިބު ގޮތެކެވެ.

އެހެން ބަސްބަހެކޭ ވެސް އެއްފަދައިން ދިވެހިބަހުގައި ވެސް ޖިންސު އެ ލަފްޒެއްގައި ހިމެނޭ ލަފުޒުތައް މަދެއް ނޫނެވެ. އެހެންވީމާ، ޖިންސު ހިމެނޭ ނަންނަން ނުވަތަ ލަފުޒެއް ލިޔާއިރު ނުވަތަ ކިޔާއިރު އެފަދަ ލަފުޒަކާއެކު ޖިންސު އިތުރަށް ބަޔާންކުރުމަކީ، ބަހުގެ ހަމަގޮތެއް ނޫނެވެ. އެފަދަ ލަފުޒަކާ ގުޅުވައިގެން އަންހެން ނުވަތަ ފިރިހެން މިފަދަ ޖިންސު ބަޔާންކުރުމުގެ ލަފުޒެއް ގުޅުވައިގެން ޖިންސު ބަޔާންކުރާކަށެއް ނުޖެހޭނެއެވެ. އެފަދަ ކަންކަން ކުރުމަކީ ބަހުގެ އައިބު، ހުތުރު ގޮތްގޮތެވެ.

ވުމާއެކު، ދިވެހިބަސް ބޭނުންކުރުމުގައި ބަހުގެ މިފަދަ އާދައިގެ ހަމަތައް ވީވަރަކުން ހަމައިން ބޭނުން ކުރެވޭތޯ އެންމެން ވެސް ބަލަން ވެއްޖެއެވެ. ޚާއްޞަކޮށް ނޫސްވެރިންނާއި ލިޔުންތެރީންނެވެ. މުދައްރިސުންނާއި ޅެންވެރީންނެވެ. ހަމައިން ބަސް ބޭނުން ކުރަން އާދަކޮށްފިނަމަ އަދުގެ ޅަދަރީންނަށް އެގޮތްތަށް ދަސްވެ ދިވެހިބަހުގެ ކުރިމަގު ރޯޝަންވާނެކަން ޔަޤީނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4

2 Responses

  1. ނޫސްވެރިންގެ ބަސްމަގު ހުންނަ ބައެއް ގޮތްތައްް
    އެމްއެންޑީއެފުން ވިއްސާރަކުރާނެކަމަށް ގޮވައިފިި
    ސައިކަލެއްގެ މަޑިދަށުން ރާފުޅިއަކާއެކު މީހަކު ހަށްޔަރު ކޮށްފި

  2. މިހާރަކަށް އައިސް،، އާބާފިއްޔާ އައިބައިފިލި ބޭނުން ކުރާގޮތުންވެސް ވަރަށް ބޮލަށް އުނދަގޫ. މިސާލަކަށް: ދަމައިލާން،،ފަޅައިލާން. މިހެން ލިޔެފައި ހުއްޓަފެނުނީމަ އެލިޔުން ކިޔަން އުނދަގޫވީމަ އެ ސައިޓކުން އަވަހަށް ނުކުންނަނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *