Support Us

އިންސާނާއެވެ. ތިބާ ވިސްނައި ފިކުރު ނުކުރަންހެއްޔެވެ؟

އޭ އިންސާނާއެވެ. ތިބާ ވިސްނައި ފިކުރު ނުކުރަންހެއްޔެވެ؟

¤ ތިބާ މިދުނިޔެއަށް އުފަންވީ އެހެންމީހުންގެ އެހީގައެވެ.

¤ ތިބާ އަށް މުހާތަބު ކުރެވެމުންތިދާ ނަން ކިޔީ އެހެންބަޔެކެވެ.

¤ ތިބާ ބަލިވެއްޖެނަމަ ބޭސް ކޮށްދެނީ އެހެންބަޔެކެވެ.

¤ ތިބާ މަސައްކަތް ކުރިނަމަވެސް ތިބާގެ އާމްދަނީ ލިބެނީ އެހެން މީހުންގެ ފަރާތުންނެވެ.

¤ ތިބާ އުނުއޮރިޔާން ނިވާކުރަން ތިބޭނުންކުރާ އަންނައުނު (ތިބާ ޚަރަދު ކުރިކަމުގައި ވީނަމަވެސް) ލިބެނީ އެހެން މީހުންގެ ފަރާތުންނެވެ.

¤ ތިބާ ފުރަތަމަ ފެންވަރުވާ ހެދުން އެޅުވިގޮތަށް ތިބާ އެންމެ ފަހު ފަހަރު ފެންވަރުވާ ހެދުން އަޅުވާނީވެސް އެހެންބަޔެކެވެ.

¤ ތިބާ މަރުވެ ދިއުމަށްފަހު ތިބާ އެއްކޮށް ޖަމާކޮށްފައި ހުރި ފައިސާ އާއި ގޯތިގެދޮރުވެސް ގެންދާނީ އެހެންބަޔެކެވެ.

¤ ތިބާ އެންމެ ފުރަތަމަ ފަހަރު ނިންދަވަން ތަންމަތީގައި ބޭއްވިގޮތަށް އެންމެ ފަހުފަހަރު ތިބާ ތަންމަތީގައި ބާއްވާނީވެސް އެހެންބަޔެކެވެ.

އޭ ނިކަމެތި އިންސާނާއެވެ. ތިބާ ވިސްނައި ފިކުރުކޮށްލާށެވެ. ތިބާއީ އެހެން މީހުންނާ ނުލާ އެއްވެސް މީހެއް ނޫނެވެ. ދެންފަހެ ތިބާ މި ބިމުގައި ބޮޑާވެ ކިބުރުވެރިކަންމަތީ ތިޔަ ހިނގަނީ ތިބާގެ ކޮން އާރެއް، ބާރެއް، ޖާހަތެއް، އިއްޒަތެއް ކަރާމަތެއް އޮވެގެން ހެއްޔެވެ؟

އޭ އިންސާނާއެވެ. ﷲ ތަޢާލާ އިންސާނީ ނަސްލެއް ޚަލްޤު ކުރައްވާފައިވަނީ އެސަބަބަށްޓަކައެވެ. އެކަކު އަނެކަކު ދެނެގަނެ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި އުޅުމަށެވެ. އެކަކު އަނެކަކަށް އަޅާލައި އެހީވުމަށެވެ. ﷲއަށް އަޅުކަންކުރުމުގައި އެކަކު އަނެކަކަށް ވާގިވެރިވުމަށެވެ. ލިބޭ މީހާ އޭނާއަށް ދެއްވާފައިވާ ތަނަވަސްކަމުން ޒަކާތް ނެރެ، ސަދަގާތުން ނިކަމެތީންނަށް އެހީވުމަށެވެ. ތިމާއަށް އެދޭ ފަދައިން އަނެކާއަށްވެސް އެދުމަށެވެ.

ﷲގެ ހަޒުރަތުގައި އިއްޒަތާއި ގަދަރާއި ޖާހަތާއި ކަރާމާތާއި ނަސަބާއި އާރާއި ބާރު އެންމެ އުފުލިގެންވަނީ އެންމެ ތަޤުވާވެރި އިންސާނާގެއެވެ. ހަމަ ކަށަވަރުން ކިބުރުވެރިކަމާއި ބޮޑާވެގަތުންވަނީ ލައުނަތް ލެއްވިގެންވާ ޝައިތާނާގެ ސިފަތަކުގެ ތެރެއިންނެވެ.

ޔާﷲ، އަޅަމެންނީ ހެޔޮވިސްނޭ، އެކަކު އަނެކަކަށް އަޅާލައި، އެހީތެރިވާ، ވާގިވެރިވާ، އިހުތިރާމް ކުރާ ބަޔަކު ކަމުގައި ލައްވާދޭނވެ! އަޅަމެންގެ ތެރެއިން ކިބުރުވެރިކަމާއި ބޮޑާވެރިކަން ނެތިކުރައްވާ އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި އަޅަމެން ލައްވާފާދޭވެ. أمين

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *