ރާގު: ހުރިކަންތަކާ ދުރުވާށެޑަރު….
ފޮހިގެން ނުދާނެ ހަނދާން ތަކެއް ދެއްވާފަޔޭ އޭނާވަނީ
އޮހިގެންމިދާ ކަރުނައިގެ ތިކި އޮހިގެން ދަމުން ބުނަމުންދަނީ
މަދަޙައިގެ މޫރިތިކަން ހިތަށް ވަދެގެން އެދާ ރަން އަޑުފުޅާ
ޢަދަދެއް ނުވާ ގައުމީ ރިވެތި ލަވައިން އެކަން ކަށަވަރުވަނީ
ހަފްލާތަކުން އިއްވައިދެވުނު ގައުމީ ރިވެތި ލަވައިން ނަޔާ
ނަފްސާއި ރޫހާ ހޭލެވުނު ހުރިހައި ހިނދަކު އަންގައިދިނީ
ގައުމީ ގޮތުން ކުރިޔަށް ނެރުނު ޙަރަކާތްތަކާ އެއްވުންތަކަށް
ޝައުޤާއެކީ ހިތްލަންބުވައި ދެއްްވެވި ޣަޒަލްތައް ބުނެދެނީ
ހިތްޕުޅުގެ ހެޔޮކަން އެންމެނަށް މޫރިތި ތަބައްސުމުގައި ވުމުން
ހިތްތަކުގެ ފުނުގައި ފޯދިގެން ފޮޅި ފަރިވި ކުލުނުން އަންގަނީ
ލޮބުވެތިވި ޢަބްދުﷲ ޙަސަން ލައްވާށި ސުވަރުގެއަށް ވިމާތް
ސޮބުރުގެވި ހެޔޮ ނިޢުމަތްފުޅޭ އަހުލުންގެ މައްޗަށް އެދެވެނީ