Support Us

ތަސްވީރެއް ކިޔައިދޭ ވާހަކައަކާއި އަދި ތައުލީގެއް

މަތީގައިވާ ތަސްވީރުން ފެންނަނީ ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ނައިޖަރުގެ މަންޒަރެކެވެ. ނައިޖަރުގެ ސިފައިންގެ މީހަކު ފަރަންސޭސީންގެ ކުންފުންޏެއް ކަމަށްވާ އީރްފާގެ މަސްލަހަތުތައް ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމުގެ ގޮތުން ފާރަވެރިވެ ބަލަހައްޓަން ހުންނަ މަންޒަރެވެ.

ފަރަންސޭސީންގެ މި ކުންފުނިން ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ނައިޖަރުގެ ޔުރޭނިއަމް ކުޑަ އަގެއް ދީފައި ފަރަންސޭސި ވިލާތަށް ގެންދިޔުމެވެ. ފަރަންސޭސިވިލާތުގެ އިންޖީނުގެތަކުގެ އިންގީނުތައް ރޯކޮށް ހަކަތައް އުފެއްދުމަށްޓަކައެވެ. އޭގެ ބަދަލުގައި ސިފައިންގެ މީހާއަށް ލިބެނީ ކޮން އެއްޗެއް ހެއްޔެވެ؟ މަހެއްގެ މައްޗަށް ގާތްގަނޑަކަށް 70 ޔޫ.އެސް. ޑޮލަރެވެ. އާދެ، ޔޫ.އެސް. 70 ޑޮލަރު ދީފައި އޭނާ އެހުރީ އޭނާގެ ރާއްޖޭގެ ޚައިރާތު ވަގަށް ނަގައިގެންދާތަން ބަލަހައްޓައިގެން އެކަން ހިމާޔަތް ކުރަން ހުންނަން ޖެހިފައެވެ.

މިހާރު މިފަދަ މަންޒަރުތައް އަޅުގަނޑުމެންގެ ރާއްޖެއިން ވެސް ބަހުންނާއި އަމަލުން ފެންނަމުން އެބަދެއެވެ. އިއްޒަތްތެރި މެމްބަރަކު ވިދާޅުވިކަމަށް ޚަބަރުތައް ބުނަނީ 'އިންޑިޔާ އައުޓު' ގޮވީމާ [އިލާހީ] ނިއުމަތުން ވެސް މަހުރޫމުވާނެ ވާހަކައެވެ! އަނެއް ވަޒީރަކު ވިދާޅުވަނީ އެންމެ ޕައިލަޓަކަށް ދޭނޭ މުސާރައިގެ ފައިސާ ނެތް ކަމަށެވެ. ނަމަވެސް އެންމެ މީހަކަށް ދުވާލަކު ތިރީސް ހާހުން ޚަރަދުކުރާނޭ ފައިސާ އެބަހުއްޓެވެ! އަދި، ސިޔާސީ ވަޒީފާތަކަށް މީހުން އައްޔަަނުކޮށް ބޮޑެތި މުސާރަތައް ދޭނޭ ފައިސާ ވެސް އެބަ ހުއްޓެވެ. އަދި، ބޭނުން ވަގުތަކު މިލިޔަނުން ޚަރަދުކޮށްފައި ދަތުރު ކުރާނޭ ފައިސާ ވެސް އެބަ ހުއްޓެވެ.

މީގެ އިތުރުން، ބޭރު ބައެއްގެ އަސްކަރީ މަރުކަޒުތައް ހަދައި، އެމީހުން ބޭތިއްބައި އެމީހުންގެ ޚަރަދުތައް ކުރާނޭ ފައިސާ ވެސް އެބަ ހުއްޓެވެ! އަޅުގަނޑުމެންގެ ވެރިންނާއި ފޮޓޯއިން ފެންނަ ނައިޖަރުގެ ސިފައިންގެ މީހާއާ ދެމެދު މާ ބޮޑު ތަފާތެއް އެބަ އޮތް ހެއްޔެވެ؟ ސިފައިންގެ މީހާ އެހުރީ އޭނާގެ ގައުމުގެ ޚައިރާތުތައް ބޭރު ބަޔަކު ވަގަށް ނަގައިގެން ގެންދާތަން ބަލަހައްޓައި ފާރަވެރިވާށެވެ! އަޅުގަނޑުމެންގެ ވެރިން އެތިބީ ރައްޔިތުންގެ އަތުން ނަގާ ފައިސާ ބޭރު ބަޔަކަށް އިސްކަންދީގެން ޚަރަދުކުރާށެވެ! ދެން، އަޅުގަނޑުމެން މިތިބީ ޖާހިލިއްޔަތުގެ ތައައްސުބެއްގައި ޖެހި، އުދުހިފައި ދިޔައީ ދޫންޏެއްކަމަށް ވިޔަސް، އަޅުގަނޑުމެން ތާއީދުކުރާ މީހާ އެއީ ބަކައްޓެކޭ ބުނެފި ނަމަ، އެވާނީ ހަމަ ބަކައްޓަކަށޭ ބުނެ، ހިތުން ރުހުމުން އަތްޖެހުމުގައެވެ!

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
22

One Response

  1. ވަޠަން އެދޭ ގޮތަށް ދަމާ ކުރާށަ އިންޑިއާ އައުޓް
    ވަޠަންގެ އާ ޒުވާނުނޭ ކުރާށެ އިންޑިއާ އައުޓް
    ހިތުގެ އަޑީން ޢަޒުމްތަކެއް އެކީއެކަށް އެކަށައަޅައި
    އިހުގެ ބަޠަލްތަކުން ފަދައިން ކުރާށެ އިންޑިއާ އައުޓް
    އަލުން ނުދީ ފުރާނަތައް މި ގައުމު އައުވެވޭށިތޯ
    ވަޠަންގެ މާތް ދަރީންތަކެއް ކުރާށެ އިންޑިއާ އައުޓް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *