Support Us

ކުރިއަރައި ތަރައްގީވެ، ކާމިޔާބުތައް ހޯދަމުންދާއިރު ނުފެންނަ ކަންތައްތަކުގެ ވާހަކަ

ލަވައަކީ ހިންދީ/އުރުދޫ މަޝްހޫރު ޅެންވެރިޔެއްގެ ޅެކަމުން ނެގިފައިވާ ލަވައެކެވެ. އާދެ، ނާސިގެއެއް ސިފަކޮށްދީ، ނާސިގޭގެ ވާހަކަ ކިޔައިދޭ ލަވައެކެވެ. ނާސިގެ ރަމްޒުކޮށްދެނީ މުޖުތަމައުގެ އިޖުތިމާއީ ހާލަތެވެ. މުޖުތަމައުގައި ފަގީރުކަމާއި ނިކަމެތިކަން ފެތުރި، މީހުންގެ އިއްފަތްތެރިކަން ވިއްކާލަން ޖެހިފައިވާ ކަމެވެ. މިކަންކަމުގެ ހައްލު ހޯދައިދޭން ތިބި މީހުންނަށް މިކަންކަން ނުފެންނަކަމެވެ. ލަވައިގައި ބުނެދެނީ އެމީހުން މިތަންތަނަށް ގެނެސް އެމީހުންގެ ކަނު ލޯތަކަށް މިތަންތަން ދެއްކުމަށެވެ!

އާދެ، ނާސިގެ ބަދަލުގައި މި މަގާމުގައި އެހެން މައްސަލަތައް ވެސް ނެގިދާނެއެވެ. ޑުރަގުގެ ވަބާގެ މައްސަލައެވެ. ގެދޮރު ނެތި ކުދިކުދި ގޮޅިތަކުގައި އުޅެން ޖެހިފައި ވުމެވެ. ފަގީރުވެ ނިކަމެތިވެ، ބައްޔެވެ، ބޮޑު ކަމެއް ދިމާވުމުން، ސަލާންޖަހަން ޖެހިފައިވާކަމެވެ. މިކަންކަން ފެންނަން ޖެހޭ މީހުންނަށް މިކަންކަން ނުފެނުމެވެ! އާދެ، ލަވަ ބަލައި އޭގެ މައްޗަށް ވިސްނާލުން ހުއްޓެވެ. އަދި، މައްސަލަތުގެ ހައްލު ހޯދޭނެ ގޮތަކާ މެދު ފިކުރުކުރުން ވެސް މުހިއްމެވެ.