Support Us

މުޙްތަރަމް ކޮޕީ މުޙައްމަދު ރަޝީދު…

ކޮޕީ މުޙައްމަދު ރަޝީދު ނަންފުޅު ބިމުން ދިވެހި ފޮހެވިގެން ނުދާނޭ
ކޮޕީގެ އަދަބީ އަސަރު ވިއަގުމާތް ހިތާ ލެއިން ހުސްވެގެން ނުދާނޭ

ޅެމާ ފަރިއްސާ ލަވައިގެ މުތްތައް ލިޔުއްވި އަދަބީ ފޮތާ ޑްރާމާ
ތެމާވެ ކަނޑުފަޅު ހިމޭން ވެދާހެން ހިމޭންވެގެން ރާއްޖެއިން ނުދާނޭ

އުގަންނަވައިދެއްވި ދަރިވަރުންނަށް މުދައްރިސެއް މޮޅު އަޖައިބުވާހައި
މުޤައްރަރަށް ދަރިވަރުން ފެތޭ މޮޅު އުކުޅު ހަނދާނުން ފިލައި ނުދާނޭ

ކުޅުއްވި ފިލްމާ ކުޅުއްވި ތަމްސީލް ޒަމާން އުވައިލައި ނަގައި ނުލާނޭ
ގުޅުން މިތުރުނާއި ބާއްވަވާ ހެޔޮ ހަދާން ފިލައި ހިތްތަކުން ނުދާނޭ

އުފައްދަވައި ދެއްވި ފޮންޓްތަކަކީ މުނާސަބީ ބޭނުމަށް ރަނެއްފަދަ
އުފަން ދިވެހި ކޮންމެ ފަރުދަކަށް އޮތް ވަސީލަތެއް އަގު ދަށަށް ނުދާނޭ

އަތޮޅުވެރީންކުރެ ރިވެތި ނަމޫނާ ވެރީންގެ ތެރެއިން ވިޔޭ ހިމެނިގެން
ފަތޮޅުދުރޭ އިހު ބުނާ އުޞޫލުން ކަމެއް އެހިނދުގައި ވެގެން ނުދާނޭ

ކޮޕީގެ މައްޗަށް އުފެދުނު ލޯތްބާ ކުލުނު ހިތުން ފަނޑުވެގެން ނުދާނޭ
ކޮޕީގެ ކުށްފާފަ ފުއްސެވުން އެދި ކުރުން ދުޢާ ހުއްޓިގެން ނުދާނޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *