ޚިލާފާދުރުވެ ދީނުގައި ވީ އުޅެން
ކިލާކޮށް ނުލައި ހިތް ހިތާވީ ގުޅެން
ތިމާޔަށް އެނގޭވަރު އެކަންޏޭ ހެވީ
ތިމާހީނުކޮށް ދީން ހިނގާށޭ އެނގެން
ޖަމާޢަތް އަހުލުސުންނަތުގެ ހަމަތަކާ
ޒަމާނީ ބަދަލު އައު ވަޒަންކޮށް މިނެން
ތަފާތަށް ރައުޔު ޙުކުމުގައި ނެރެއުޅޭ
އަތާފައި އެއަށް ނޫފުލަން ދަސްވެވެން
ބަލަންޞުލްޙަވެރިގޮތް އެކީގައިއުޅެން
ގަލަންތައްލިޔާ ރަނގަޅު ފޮތްފޮތް ކިޔެން
އަރާރުންތަކާ ކޯޅުމާ ދޫކުރެވި
ޚަރާބުގެމަގަށް ފައިނުލައި ދާންއެނގެން
މިއުންމަތް އިހަށްއޮތް ބަދަހިކަންމަތީ
ދިއުންކުރިއަރައިއެދި ރަނގަޅުގޮތްހިފެން
ފޮތާ ސުންނަތުގެ ހެޔޮމަގުން ދާންހިތައި
ގޮތާމެދު މިވާ ފިކުރު ހިންގައި ލެވެން