Support Us

ސަލާމަތުން ހުރެ ރިޓަޔަރ ކުރަންޏާ…

ސަލާމަތުންނެއް ނުދާނެ ގައުމެއް ދޮށީ ކަތުން ބަލަ ރިޓަޔަރ ކުރަންޏާ
ދަލާއި ލޭ އޮހޮރުވައި ވި ޤުރުބާން ބަލައިގަތުންނެތި އޮޔާ ލެވެންޏާ

އިރާއި ހުޅަނގާ ފުނޯސް ދިނަށަޔާ ހުރާ ފިނޮޅު ގަސްގަހާއި ބާވަތް
ނިރާނިރޮޅު ހިރުނދު ފުނަ މަގޫ ޅޮސް ކަނޑޫރަނޑޫ ދަސްވެފައި ނުވަންޏާ

ޙަޟާރަތެއް އިސްވިހައި ބިނާކުޅަ އެނގުންތަކާ މޮޅުވި ތަޖުރިބާޔާ
ޤަޟާތަކުން ޢަދުލުވެރި ނިޔާޔާ ނެރޭ ގޮތާ ރައުޔު ދަސްނުވަންޏާ

އިމާމު މީހާ ސަލާމަތުންހުރެ ދޮޅަސް ފަހެއްގައި ބަދަލު ކުރެވިފައި
ދިމާވިހައި އެންމެ ހަގު ކުދީންނަށް އިމާމުކަން މިސްކިތުން ދެވެންޏާ

ފިލައިގަނޑަށް ދޮށި އަޅަން އަރާ މޮޅު ދުވަސްވި ކެޔޮޅުން މަހަށް ނުގެންގޮސް
މިލައިނުލައި ހުއްޓަ ހަން މަހާކަށި، އޮޑިން ފަހާލައި ދުރަށް ލެވެންޏާ

ކަތީބުކަންކުޅަ ދުވަސްވި މީހުން ރަށެއްގެ އަމަނަށް ބުރޫ އަރާހިނދު
މަތީވެރިން ކޯސްޓްގާޑު ނުގެނެސް އަމާން ކުރެއްވެވި ފިކުރު ނުވަންޏާ

ހަބަރު އަރޮޅި އެސްމަލާ ތަކޫވައް ފުޑައި ގިރައި ބޯންދެމުން ވަށާ ބޭސް
ޚަބަރު ނުވާ ފަދަ ބައެއްގެ ގޮތުގައި ނިދީން ނުހޭލައި އަބަދު ނިދަންޏާ

އޮޑީގެ ކިއްސަރު ތަފާތު ދެވަޑިން ދެފަޅި ބަނުމުގައި ފަރަޤު ނުވާގޮތް
ކޮޑީގެ އެތަކެއް ނިރޮޅު ކޮށައިގެން ނެރޭ ހުނަރު ދަސްވެފައި ނުވަންޏާ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *