Support Us

ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ގައުމީ ޓީމު

ޒުވާނުންގެ ދުވަހުގެ މެޗެއް ކުޅުމަށް ގައުމީ ފުޓުބޯޅަ ޓީމު ކުޅުދުއްފުއްޓަށް

ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއް ކުޅުމަށް ގައުމީ ފުޓުބޯޅަ ޓީމު ހދ. ކުޅުދުއްފުއްޓަށް ދާގޮތަށް ހަމަޖައްސައިފިއެވެ.

އެފް.އޭ،އެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް "އަދިވެސް" އަށް ވިދާޅުވީ ކުޅުދުއްފުށީގައި ރަސްމީކޮށް ފާހަގަކުރާ މިއަހަރުގެ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ކުޅޭ ޚާއްސަ ފުޓުބޯޅަ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު ކުޅުދުއްފުށީ ފުޓުބޯޅަ ދަނޑުގައި ކަމަށެވެ. މި މެޗުގައި ގައުމީ ޓީމުގެ ކުޅުންތެރިން ހިމެނޭ "އެފް.އޭ.އެމް-11″އާ ވާދަކުރާނީ ކުޅުދުއްފުށިން ހޮވައިލެވޭ ޓީމެކެވެ.

ޔޫތު މިނިސްޓްރީގެ ދައުވަތަކަށް ކުރާ މި ދަތުރުގައި ގައުމީ ޓީމު ކުޅުދުއްފުއްޓަށް ދާނީ މާދަމާއެވެ.

ކުޅުދުއްފުއްޓަށް ދާ ގައުމީ ޓީމުގައި، ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ގައުމީ ޓީމުގެ ކޯޗު އަލީ ސުޒެއިނާއި 23 އަހަރުންދަށުގެ ގައުމީ ޓީމާއެކު ބަހުރައިނަށް ގޮސްފައިވާ ކުޅުންތެރިން ފިޔަވައި އެހެން ހުރިހާ މެމްބަރުން ބައިވެރިވާނެ އެވެ. އޭ.އެފް.ސީ 23 އަހަރުން ދަށުގެ އޭޝިއަން ކަޕްގައި ވާދަކުރާ ޒުވާން ގައުމީ ޓީމުގެ މެޗުތަކަށް ސުޒެއިން މިރޭ ބަހުރައިނަށް ފުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ޅަ ކުއްޖަކަށް ފުރުސަތެއް ލިބޭނެބާ.. އެކުދިންގެ ހުނަރު ގައުމީ ޓީމުގެ ކޯޗަށް ދައްކާލަން

Leave a Reply to Wak ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް