Support Us

ވަކި ފަރުދަކު ފަލީހަތްކުރުމަކީ ބަދަލުހިފުމުގެ ރޫހު ނައްތާލަން ކުރާ މަސައްކަތަށް އެޅޭ ހުރަހެއް: ރައީސް

ވަކި ފަރުދަކު ފަލީހަތްވާ ފަދަ ގޮތަކަށް އަމަލްކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއްް ނޫން ކަމަށާއި އެކަމަކީ ބަދަލުހިފުމުގެ ރޫހު ނަތާލަން މި ސަރުކާރުން ކުރަމުންދާ މަސައްކަތަައް ހުރަސް އެޅޭނެ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ކުރީގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އޭނާގެ އަނބިކަނބަލުންނާ އެކު ކާރުގައި އިންނަވަނިކޮށް ކުޑަ ޕިކަޕަކުން އެ ކާރުގެ ފަހަތުގައި ޖެހި ހިނގި އެކްސިޑެންޓަށްފަހު، ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވެވަޑައިގެންފައިވާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އިމްރާން ލަތީފް (އިންމު) އެކްސިޑެންޓް ވި ޕިކަޕް މީހާއަށް މައާފްކޮށްދެއްވުމަށް އިމްރާން އަރިހުން އެދިވަޑައިގެންނަވާ ވީޑިއޯއާ ގުޅިގެން އާއްމުންގެ ފާޑުކިޔުންތައް އެކަމަށް އަމާޒުވެފައިވަނިކޮށެވެ.

ރައީސް ޑރ. މުއިއްޒު އެކްސްގައި މިއަދު ކުރައްވާފައި ޕޯސްޓެއްގައި ވިދާޅުވީ "މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެެއްވެސް މަގުސަދެއްގައި ވީޑިއޯކޮށް އާއްމުންގެ ތެރޭގައި އެމީހަކު ފަލީހަތްކޮށް ހެދުމަކީ އަހުލާގީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބަލާއިރު އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން" ކަމަށެވެ.

"ކުށެއް ކޮށްފި މީހަކާ މެދު ކަންކުރާނޭ ގޮތް ގާނޫނުގައި ބަޔާންކޮށްފައިވޭ. އެކަމަށް ފިޔަވަޅު އަޅަން މުއައްސަަސާތަކާއި ގާނޫނީ ނިޒާމު ގާއިމް ވެފައިވޭ. ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް، ގާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖުތަމައުން ނައްތާލަން މި މަސަައްކަތްކުރާ ބަދަލު ހިފުމުގެ ރޫހު ނައްތާލުމަށް ވެސް އެޅޭ ހުރަކަށް ނޫނީ ނުވާނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެންނަކީ އޯގާތެރި ކުލުނުވެރި އަދި ޒިންމާދާރު މުޖުތަމައެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވަމާތޯ."

އާއްމުވެފައިވާ ވީޑިއޯގައި ޝައިހު އިމްރާން އެއްވެސް އެއްޗެއް ވިދާޅުނުވެ، ހަނުހުންނަވާއިރު އިންތިހާބީ މެމްބަރު އިންމު އެ އެކްސިޑެންޓުގައި ޕިކަޕް ދުއްވި މީހާގެ ކޮނޑުގައި އަތް އަޅުއްވައިގެން ހުންނަވައި "ޝައިހު އިމްރާން ކައިރިން އަޅުގަނޑު މި އެދެނީ މި ފަގީރު ނިކަމެެއްޗެއް އަތުން އެއް ފަހަރު މިކަހަލަ ކަމެއް ވީމަ މައާފްކޮށްދެއްވާށޭ ދެން،" އިންމު ވިދާޅުވެފައިވެ އެވެ.

އެ ވީޑިއޯގައި އިމްރާން އަރިހުން އެމީހާއަށް މައާފްކޮށްދެއްވުމަށާއި ކާރު ހަދަންދާ ހަރަދަކަށް ޒިންމާވާނެ ކަމަށް އިންމު ވިދާޅުވެފައިވެ އެވެ.

އިމްރާންގެ ކާރުކޮޅުގައި މީހެއްގެ ޕިކަޕުން ޖެހި ހިނގި އެކްސިޑެންޓްގެ މައްސަލާގައި އިންތިހާބީ މެމްބަރު އިންމު އަމަލް ކުރެއްވި ގޮތާ މެދު ވަރަށް ގިނަ ބަޔަކު ފާޑުކިޔުންތައް އަމާޒުކޮށްފައިވާއިރު އެ ކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް އަދާލަތު ޕާޓީން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. އެ އެކްސިޑެންޓްގެ މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *