...

Support Us

ކޮލަމް: ދިނަށަ

ރަބީޢުލް އައްވަލް މަހުގެ ހަނދު ފުރިހަމަވުން

މި ހިނގާ 1443 ވަނަ އަހަރުގެ ރަބީޢުލް އައްވަލް މަހު ހަނދުގެ އަލިކަން ފުރިހަމަވަނީ "މޭސަ" ރާހީގެ 27 ދަރަޖަ 56 ދަގީގަށް ހަނދު ގޮސް އަރާ ހަމަވާ ވަގުތުގައެވެ. މޭސަ ރާއްސޭ ދިވެހީން ކިޔައި އުޅެނީ، ޢަރަބީން ކިޔާ "ޙަމްލު" ބުރުޖަށެވެ. އިނގިރޭސި ގޮތުންނަމަ "އޭރީޒް" ސައިން އެވެ. އަދި އެއީ، މާތްﷲ، ހަނދަށް މިންވަރު ކުރެއްވި މަނާޒިލުތަކުގެ ގޮތުންނަމަ، شرطين އެވެކިޔޭ މަންޒިލުގެ، ނުވަތަ ދިވެހީން ގޮތުންނަމަ އައްސިދަ ނަކަތުގެ 11 ދަރަޖައިގައި މިމަހު ހަނދު ހިނގަމުންދާ ވަގުތުގައެވެ.

ހަނދުގެ އަލިކަން މި މަހު ފުރިހަމަވަނީ، އޮކްޓޯބަރު މަހުގެ 20 (ރަބީޢުލް އައްވަލް 14) ވަނަ ދުވަހުގެރޭ (މިރޭ) މާލޭ ގަޑިން 19:56 ގައެވެ. މި މަހުގެ "ފުލްމޫން" ފެންނާނީ އާދައިގެ ސައިޒެއްގައެވެ.

މިރޭ "ތުރިއްޔާނު އީރާނުން" (83 ދަރަޖަވީ ސަމުގާ މިޞްރާބުން) ހަނދު މާލެއަށް އުދަވާއިރު ވެސް، ހަނދުގެ އަލިކަން ހަމަލޮލަށް ފެންނާނީ ފުރިހަމަވެފައި ހުންނަ ގޮތަށެވެ.

ދެން އާ ހުޅެތްވެއް ހަނދުން ފާޅުވާނީ ނޮވެމްބަރު 5 ވަނަރޭ މާލޭ ގަޑިން މެންދަމު 2:14 ގައެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.