ރަންޒަމާނުގެ އެކި ހަނދާންތައް އަންތަރީސް ވާވަރުވެޔޭ
ޖަންނަތޭ މީ ދުނިޔެއިން ސިފަކުރި ހަނދާންތައް އާވެޔޭ
އަންނަ ކުދިކުދި ރާޅުތައް ގޮނޑު ދޮށް ތަކަށް ބޮސްދީދެޔޭ
ވަންތަ ކުޅަދުން ކަން އިލާހުގެ ލޯމަތިން ހާމަވެ ދެޔޭ
ރުއްތަކާ ގަސްތައް ވަޔާއެކު ކޮޅުކޮޅަށް ހެލެމުންދެޔޭ
ކުށް ތަކެއް ނެތް ވެއްޓަކުން ރާއްޖޭގެ ނަން ވިދަމުންދެޔޭ
ކުކުޅު ހާލާ އޮޅުބުޅާ ތައް އުފަލުގައި އުޅެމުންދެޔޭ
އުކުޅު ދައްކައި ކުދި ފިއޮއް ތައް ދުވެ މަޖާ ކުރަމުންދެޔޭ
އާދަތައް ދިވެހީންގެ އެކިއެކި މަންމަމެންގެ ހަނދާން ތަކުން
ހާދަ ފުރިހަމައަށް އެމަންޒަރު ސާފުކޮށް ދެއްވެވިމެޔޭ
ލޯމަތިން އަދު ބަދަލުވީ އޭރުގެ އެރީތި އަދާތަކޭ
ލޯދެކެން ހިތްނޭދުނަސް ބަދަލުވީ މިޒަމާން މެޔޭ