Support Us

ކީރިތި ރަސޫލާގެ ޒިކުރާ

ތަހުނިޔާގެ ޖިޒީ މަލުން ނަލަ ކައު ރަސޫލަށް ފޮނުވަނީ
رَحْـــــمَـــــــةُ لِلْـــــــعَـــالَــــــمـِـيْـنَ ގެ، ޒިކުރު މަތިވެރި ކުރެވެނީ

މައްސަރުން މަތިވެރި ރަބީޢުލް އައްވަލުގެ ޝަރަފާ އެކީ
اَلــــسَّـــــلَامُ عَــــلَـــــيْــــــكَ زَيْــــنَ الْأَنْــــبــــِيَــــــآء ގުގުމާލަނީ

ހިތްތަކުގެ ލޯތްބާ ކުލުނު އޮހެމުން އަބަދު ދާ އަރިއަހަށް
ހިތްތަކުން ޚާލިޞްވި ޞަލަވާތާ ސަލާމާ ފޮނުވަނީ

ފަރިވެ ފޮޅެމުން މީރުވަސް ފަތުރާ ރިވެތި ފިނިފެންި މަލުން
އަރިއަހަށް ލޯބީގެ ދަސްތާ ދުނިޔެއިން މުޅި އޮއްސަނީ

ރޯޅި ނަލަ ވައި ފަތުރުވައިދޭ މީރުވަސް ޖައްވުގެ ތެރޭން
ކޯޅި ކޯޅީގައި ފޮޅޭ ހިނދު ބީހެމުން ގޮސް އޮހޮރަނީ

ހިތުގެ ޚާލިޞް ކުލުނުގައި ތަކުރާރު ޞަލަވާތް ކުރުމުގައި
އިތުރު ކައު ސާޙިބުގެ ލޯބި ލޮލުން އޮހޮރި ތެމި ފޯވަނީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *