ދަންނަވަމޭ ދަންނަވަމޭ
އެދުރުންނަށް ދަންނަވަމޭ
ހިތުލޯބިން އައްސަރިބަސް
ތަރުޙީބާ އެކުސާބަސް
ދެއްވާތީ ދެއްވާތީ
ޢިލްމު ހުނަރު ދެއްވާތީ
ޚުލުޤު ރިވެތި ދެއްވާތީ
ތަރުބިއްޔަތު ދެއްވާތީ
ތާނަ ޢަރަބި ލިޔެދެއްވައި
ރޭސިއަކުރު އިނގި އެކުގައި
ބޭރު އެހެން ބަސްބަހުގައި
ހުންނަ އަކުރު ހިމަނުއްވައި
ވިޔައަކުރާ ކަސްރުތަކާ
ދޮޅަސް ތަކުން ޢަދަދުތަކާ
ނާޅި އަގިން ބާގަތަކާ
ލާހި ތަކުން ނާޅިތަކާ
ރޯނު ބުރުނު ނަކަތްތަކާ
މީންޏަ މަކަރަ ރާހިތަކާ
ފޮއިފޮއި އެކި ވަގުތުތަކާ
އިރުވަރު ހެޔޮ ނުބައިތަކާ
އޮންނަ ގޮތަށް ފޯރުއްވީ
ވަކިވާވަރު ކޮށްދެއްވީ
ދީނަށްފައި ހަރުލައްވީ
ސީދާމަގު ބުނެ ދެއްވީ