Support Us

ބުއްދިވެރި ބަސްކޮޅެއް

މިއީ ބުއްދިވެރި ބަސްކޮޅެކެވެ.

  1. ހައްގު ވަނީ ކާކާ އެކުގައިކަން ދެކޭ ގޮތުގެ މައްޗަށް ބަލާއިރު ތިން ބާވަތެއްގެ މީހުން އުޅެއެވެ. ފުރަތަމަ ބާވަތަކީ އަބަދުވެސް ހައްގުވަނީ ހަމައެކަނި ތިމާއާ އެކުގައި ކަމުގައި ދައުވާ ކުރާ މީހާއެވެ. އެއީ ގޮތްދޫ ނުކުރާ މީހާއެވެ. ދެވަނަ ބާވަތަކީ ހައްގު ތިމާއާ ފޭގައި ވާކަން އެނގުމުން، އެކަމާ އެއްބަސްވެ، ތިމާގެ ކުށް ގަބޫލުކުރާ މީހާއެވެ. އޭނާއަކީ ބުއްދިވެރި އެކެވެ. ތިންވަނަ ބާވަތަކީ ހައްގުވަނީ ތިމާއާ އެކުގައިކަން އެނގޭ އިރުވެސް، ތިމާގެ ގޮތަކީ ކުށް ގޮތްކަން ގަބޫލުކުރާ މީހާއެވެ. އޭނާއަކީ ފިރިމީހާ އެވެ.
  2. އެވާހަކައާ މެދު ކަލޭ ރުހޭ ދޮގު ވާހަކަ ތެދު ނުކުރާށެވެ! ހަމަ އެހެންމެ، އެ ވާހަކައާ މެދު ކަލޭ ނުރުހޭ ތެދު ވާހަކަ ދޮގު ނުކުރާށެވެ! ތެދު ތެދަށްވުމާއި ދޮގު ދޮގަށްވުން މީހެއްގެ ރުހުމާއި ނޫނީ ނުރުހުމާ ގުޅުމެއް ނޯވެއެވެ.
  3. އަހަރުމެންގެ ބަސްތަކާއި ޚިޔާލާތުތަކަކީ ފުރާނެއެއް ނެތް ހަށިތަކެއް ފަދަ އެއްޗެކެވެ. އެއީ އެބަސްތަކާއި ޚިޔާލުތަކަށްޓަކައި ގުރުބާންވެ، އޭގެ މަގުގައި އަހަރުމެންގެ ފުރާނަތައް ދުއްވާލަން ތައްޔާރު ވެއްޖައުމަށް ދާންދެނެވެ. އެ ހިނދު، އެ ބަސްތަކާއި ޚިޔާލާތުތަކަށް ދިރުން ލިބި، ފުރާނަތަކުގެ ވެރި ދިރިތިބީންނަށް ފުރޮޅިގެން ދެއެވެ.
  4. ބުއްދިވެރިޔާގެ ދޫ އޮންނަނީ އޭނާގެ ހިތުގެ ބިއްދޮށުގައެވެ. ބުއްދިނުވާ މޮޔަ މީހާގެ ހިތް އޮންނަނީ އޭނާގެ ދުލުގެ ބިއްދޮށުގައެވެ.
  5. ކަލޭގެ ދުލަށް ދުއާކުރުން މާތްރަސްކަލާނގެ އިރާދަފުޅުކުރައްވައިފި ނަމަ، އެކަލާނގެ ކަލެއަށް ހެޔޮ މިންވަރުކުރައްވައިފިކަން ދަންނާށެވެ!
  6. މާޒީ ބަދަލެއް ނުކުރެވޭނެއެވެ. މާޒީއާ މެދު ހިތާމަކޮށް ކިތަންމެ ވަރަކަށް ރުއިކަމުގައި ވިޔަސް ވެހެވެ. ނަމަވެސް، މުސްތަގުބަލު އޮންނާނެ ގޮތެއް ކަނޑައަޅާލުމުގެ ބާރު ކަލޭގެ އަތްމަތީ އޮވެއެވެ. އެހެންވެ، މާޒީއާ މެދު، ހިތާމަކުރުން ދޫކޮށް، ނަމަވެސް، މާޒީން އިބުރަތް ލިބިގަނެ، މުސްތަގުބަލު އޮންނަން ބޭނުން ގޮތް ކަނޑައަޅާލުމަށްޓަކައި ގަދައަޅައި މަސައްކަތްކުރާށެވެ!